މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ސްޕޯޓްސް އެރީނާ ފުޓްބޯޅަ ދަނޑަށް އިތުރުކުރެވޭ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

އިޢުލާން

              

ރ.ވާދޫ ސްޕޯޓްސްއެރީނާ ފުޓްބޯޅަ ދަނޑަށް އިތުރުކުރެވޭ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

 

ރ. ވާދޫ ސްޕޯޓްސް އެރީނާ ފުޓްބޯޅަ ދަނޑަށް އިތުރުކުރެވުނު ސަރަހައްދުގެ ވަށާފާރު ރޭނުމާއި، ބިންސާފުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ ބިމުގައި ހުރި ރުއްގަސް ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި އެއްވެސް އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، މި އިޢުލާނާއެކު އެވާ ޗާޓުގައި ފެހިކުލައިން ފާހަގަކުރެރވިފައިވާ ސަރަހައްދުގައި އެއްވެސް އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ 2019 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 9:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން އެކަން އެންގެވުމަށް ދެންނެވީމެވެ. އަދި މިދެންނެވުނު މުއްދަތުގެ ތެރޭގައި އެކަން ނާންގަވައިފިނަމަ، ވެރިފަރާތެއް ނެތްތަކެތީގެ ގޮތުގައިބަލައި، އެތަކެތި ނަގައި، ބިންސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ.

14 އޮކްޓޫބަރު 2019
ހޯދާ