މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، ލީގަލް އެންޑް ކޯޕަރޭޓް އެފެއާރޒް

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ، ލީގަލް އެންޑް ކޯޕަރޭޓް އެފެއާރޒް

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

މުސާރަ:

ޖުމްލަ މުސާރަ: 16,000.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

 1. ޤާނޫނީ ރޮނގުން މާސްޓަރސް ޑިގްރީއެއް އޮތުން.
 2. 2 (ދެ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. މި ކޯޕަރޭޝަން އަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން
 2. ޤާނޫނީ ގޮތުން  ކޯޕަރޭޝަން އަށް ޑްރާފްޓް ކުރަންޖެހޭ ލިޔުންތައް ޑްރާފްޓް ކުރުން.
 3. މި ކޯޕަރޭޝަނުން ސޮއިކުރާ އެގްރިމެންޓުތަކާއި އެމް.އޯ.ޔޫ ފަދަ ލިޔުންތައް ދިރާސާކޮށް ޤާނޫނީ ލަފާދިނުން.
 4. ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމާއި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން.
 5. ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން މި ކޯޕަރޭޝަންގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.
 6. އޮންނަ އުސޫލްގެދަށުން ދުވަހުން ދުވަހަށް އަންނަލިޔެކިޔުންތައް ބެލެހެއްޓުމާއި އެލިޔެކިޔުންތަކަށް ޢަމަލުކުރުން.
 7. ކޯޕަރޭޝަންގެ ޑިޕާރޓްމަންޓް، ސެކްޝަންތަކުން އެކުލަވާލަންޖެހޭ ޤާނޫނީ ލިޔުންތައް އެކުލަވާލުން.
 8. ކޯޕަރޭޝަންގެ މައްޗަށް ކޯޓުތަކުގައި ހިނގާ ދައުވާތަކާއި ގުޅިގެން  ކޯޕަރޭޝަންގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން.
 9. ކޯޕަރޭޝަންގެ މައްޗަށް އުފުލޭ ދައުވާތަކުގައި އަދި ދަޢުލަތުގެ ފަރާތުން ކުރާ ދައުވާތަކުގައި ކޯޓުގައި ކޯޕަރޭޝަން ތަމްސީލުކުރުން.

10. ކޯޕަރޭޝަނުން ހަދާ އެކި އެކި ކޮންޓްރެކްޓްތައް ހަދާއިރު ގާނޫނީ ގޮތުން ލަފާދިނުމާއި ހެދިފައިވާ އެގްރިމެންޓްތަކާއި ޚިލާފުވާނަމަ އެކަމުގައި ދޭންޖެހޭ ގާނޫނީ ލަފާދިނުން.

11. ކޯޕަރޭޝަންގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ފަންނީ ލަފާ ދިނުން.

12. ކޯޕަރޭޝަންގެ ލީގަލް އެފެއާޒްގެ މަސައްކަތްތައް ކުރުން.

13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
 3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
 5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 20 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

 

 

14 އޮކްޓޫބަރު 2019
ހޯދާ