މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ގުޅޭ

އިޢުލާނު

2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ގުޅޭ

 

2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހު 12:30 ގެ ކުރިން "2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީއަށް ދަރިވަރުން ވައްދަންއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިފޯމް މިއަދުންފެށިގެން މިސްކޫލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީ ސްކޫލް މަރުޙަލާއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުހަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ

ދަރިވަރުން ސްކޫލަށް ވެއްދުމުގައި ޢުމުރު ބަލާނީ ވައްދަން ބޭނުންވާ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް، އެއަހަރުގެ މާރިޗު މަހުގެ 31 އަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޞަފަރު 1441

14 އޮކްޓޫބަރު 2019

14 އޮކްޓޫބަރު 2019
ހޯދާ