ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާނު

 

މަޤާމް:           އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:     J-291390

ބޭނުންވާ އަދަދު:       01

މަޤާމުގެ ގިންތި:       ދާއިމީ

މަޤާމުގެ ރޭންކް:       (އެމް.އެސް 3 – އީ.އެކްސް1)

މަޤާމުގެ ކްލެސިފިކޭޝަން:  (އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 – އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6)

ވަޒީފާ އަދާކުރަން ޖެހޭ ތަން:     ހއ، ށ، ނ، ކ، މ، ލ، ގއ، ފ އަދި  އއ އަތޮޅު ޓީޗަރ ރިސޯސް ސެންޓަރގެ ތެރެއިން ވަޒީފާ ހަމަޖެހޭ ސެންޓަރެއްގައި.  (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން)

މުސާރަ:            7035.00 – 8835.00ރުފިޔާ

ސަރވިސް އެލެވަންސް:    3500.00ރުފިޔާ

އެހެނިހެން އެލަވަންސް:  

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

ރޭންކް

ސަޕޯޓިން ކޯ އެލަވަންސް 2

MS3

-/900 ރުފިޔާ

MS4

-/900 ރުފިޔާ

EX1

-/1100 ރުފިޔާ

EX2

-/1100 ރުފިޔާ

EX3

-/1300 ރުފިޔާ

EX4

-/1300 ރުފިޔާ

EX5

-/1500 ރުފިޔާ

EX6

-/1500 ރުފިޔާ

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. އަތޮޅުގެ ސްކޫލްތަކުގެ އުގެނުމާއި އުނގަންނައި ދިނުމާއި ބެހޭ ބޭނުންތައް ދެނެގަތުމާއިއެކު ހިންގަން ބޭނުންވާ ހަރަކާތްތައް ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރޭވުން. މިގޮތުން އަހަރަކު މަދުވެގެން 5 މަސައްކަތު ބައްދަލުވުން ރާވައި ހިންގުން.
 2. ހިންގަން ބޭނުންވާ ހަރަކާތްތަކާބެހޭ އަހަރީ ވޯކްޕްލޭން،ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި މި ޕްލޭންގައިވާ ކަންކަމަށް ޕްރޮޕޯޒަލް، ބަޖެޓް ބްރޭކްޑައުންއާއި އެކު ތައްޔާރުކޮށް، އެހަރަކާތެއް ފެށުމުގެ 2 ހަފްތާ ކުރިން، އެންއައިއީ ނުވަތަ ކަމާ ގުޅޭ ފަރާތަށް ހުށަހެޅުން.
 3. އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ކަމާއިބެހޭ ފަރާތްތަކުގެ މަޝްވާރާއާއި އެހީތެރިކަން ހޯދާ، އެކަންކަން ވިލަރެސްކޮށް، ހިންގުން.
 4. އުނގެނުމަށް ފަހި މާހައުލެއް ޤާއިމް ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި އެހެނިހެން ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުން.
 5. ސްކޫލްތަކަށް އަމާޒްކޮށްގެން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅުގެ ސްކޫލްތަކަށް ކޮންމެ އަހަރަކު މަދުވެގެން 1 ފަހަރު ޒިޔާރަތްކޮށް ކިޔަވައިދިނުމާއި ބެހޭ މަސައްކަތައްބަލައި، ފީޑްބެކް ދިނިން.
 6. ސްކޫލްތަކުގެ ފަންނީ ކަންކަމާއި ގުޅުންހުންނަ މައުލޫމާތާއި ޑާޓާއެއްކުރުމާއި ހިންގާ ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭގޮތަށް ބެލެހެއްޓުން.
 7. ޓީ.އާރު.ސީ ހުންނަ ސްކޫލްގެ ހުރިހާ ޓީޗަރުން މަދުވެގެން އަހަރަކު 2 ފަހަރު އޮބްޒާވްކޮށް، ފީޑްބެކް ދިނުމާއި ޓީޗަރުންގެ ކިޔަވައިދިނުން ހުންނަގޮތް އެގޭނެގޮތަށް ވަކިވަކި ޓީޗަރުންގެ ޓީޗިން ޕޯޓްފޯލިއޯ ތައްޔާރުކޮށް އެފައިލްތަށް ބެލެހެއްޓުން.
 8. ޓީ.އާރު.ސީ ހުންނަ ސްކޫލްގެ ކްލާސްރޫމްގައި ކޮންމެ އަހަރަކު މަދުވެގެން 10 ނަމޫނާ ފިލާވަޅު ނަގައިދިނުން.
 9. ހިންގާ ފަންނީ މަސައްކަތްތަކުގެ ފެންވަރު ހިފަހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

     ހ. ހިންގާ ހަރަކާތްތަކާއި ގުޅޭ ރިޕޯޓެއް، އެހަރަކާތެއް ހިންގާ ނިމޭތާ ގިނަވެގެން 2 ހަފްތާ ތެރޭގައި އެން.އައި.އީ އަށް ފޮނުވުންއަދި މިފަދަ ރިޕޯޓްތަކާއި އެހެނިހެން ފަންނީ ލިޔެކިޔުންތައް ބެލެހެއްޓުން.

     ށ. ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތަށް ސްކޫލްތަކަށް އެންގުމާއި މިކަމާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން

     ނ. ދިރާސީ އަހަރު ނިމުމުން އަހަރުގެ މަސައްކަތްތައް ހިގާދިޔަގޮތުގެ މައްޗަށް ބިނާކޮށް އަހަރީ ރިޕޯޓް ތައްޔާރުކޮށް އެން.އައި.އީ އަށް ފޮނުވުން.

  10. ޓީ.އާރު.ސީގެ ވަސީލަތްތައް ބެލެހެއްޓުން

     ހ. ޓީ.އާރު.ސީ މަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއިބެހޭ މައުލޫމާތު ސްކޫލްގެ އިސްވެރިޔާއަށް އެންގުން.

     ށ. ޓީ.އާރު.ސީގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް ބޭނުންކުރެވޭގޮތް މޮނިޓަރކޮށް ރެކޯޑްކުރުން.

     ނ. ޓީ.އާރު.ސީގައި ހުންނަ ވަސީލަތްތައް އެންމެ ފައިދާކުރަނިވިގޮތުގައި އަތޮޅުގެ ސްކޫލްތަކަށް ބޭނުންކުރެވޭނެ އުސޫލެއް ހަމަޖައްސައިގެންމަސައްކަތް ކުރިއަށް ގެންދިޔުން.

މަޤާމުގެ ޝަރުތުތައް:

 

 

މަޤާމްގެ ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

-/7035ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި)  ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 

 

 

 

 -/7875ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސލްކޮށްފައިވުން  އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 -/8835ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

-/9890ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

އަދި

- ޚިދުމަތުގެ ފެބްވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

 

 

-/11065ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

އަދި

ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

 

 

-/12400ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

އަދި

ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

 

 

-/13890ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

އަދި

ޚިދުމަތުގެ ފެބްވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

 

 

-/15560ރުފިޔާ

 ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

   ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

   ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

   ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ބަލައިގެން.

   ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިމްތިހާނުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2019ވާ ހޯމަ ދުވަހު 12:00 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު

  ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔު، ޕްރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

  ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3323242 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                           14  ޞަފަރު  1441  

                           13 އޮކްޓޯބަރ  2019

              

13 އޮކްޓޫބަރު 2019
ހޯދާ