ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ކެންޓީނެއް ހަތް ދުވަހަށް ހިންގާނެ ފަރާތެއް ހޯދުމާއިބެހޭ

"ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ކެންޓީނެއް ހަތް ދުވަހަށް ހިންގާނެ ފަރާތެއް ހޯދުމާއިބެހޭ

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގައި އެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިނާއި  ވެނިއު އޮގަނައިޒިންގ ވަނީ އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިއީ މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.

މިގޮތުން "ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގޭގައި ކެންޓީނެއް ހަތްދުވަހުގެ މުއްދަތަކަށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކުން މިކަމަށް ކުރިމަތިލުމަށް ހުޅުވައިލަމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 14 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 03:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. އަދި ހުށަހެޅުންތައް ހުށަހެޅުން އޮންނާނީ 21 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 03:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ހުށަހެޅުން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ލިޔެކިޔުން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.

 

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

3 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

11 އޮކްޓޫބަރު 2019
ހޯދާ