މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ،މަސައްކަތަށް ޝައުޤުވެރިކަން ހުރި،ޤާބިލް މީހެކެވެ.  

މަޤާމް:

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-295428

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ޕޮލިސީ ޕްލޭނިންގ، މޮނިޓަރިންގ ރިސަރޗް ސެކްޝަން ޑިޕާޓްމަންޓް

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

·         ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ.

·ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·         އިޖްތިމާޢީ ޚިދުމަތްދޭ ތަންތަން ހިންގުމަށް ބޭނުންވާ ސްޓޭންޑަޑްތައް ކަނޑައެޅުމާއި، ސްޓޭންޑާޑްތައް ތައްޔާރުކުރުމާއި، އެކަމާގުޅޭ ޤަވާޢިދުތަކާއި އުޞޫލުތައް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

·  ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި ހުއްދަ ބާޠިލްކުރުމާއި، ފިޔަވަޅުއަޅަންޖެހޭ ތަންތަނާމެދު ފިޔަވަޅުއެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

·    އިޖްތިމާޢީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

·   ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަން ހިންގަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލައި މޮނިޓަކުރުން.

·  އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުން ނަގާ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

·  ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑުތަކާއި ފެންވަރު ކަނޑައެޅުމާއި، އެ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކޮށް އާންމުކުރުން.

· ރާއްޖޭގައި ޢިޖްތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓްރީ ކުރުމާއި، އެމީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމާއި ހުއްދަ ބާޠިލުކުރުމުގެ މަސައްކަތްތައް ކުރުން.

· ރާއްޖޭގައި ޢިޖްތިމާޢީ ޙިދުމަތްދޭ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުން.

· ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މީހުންގެ މަސައްކަތު އަޚުލާޤީ މިންގަނޑުތައް ކަނޑައަޅާ ބެލެހެއްޓުމާއި، މަސައްކަތުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

·ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ފަންނީ މިންގަނޑުތަކާއި މަސައްކަތުގެ އަޚުލާޤީ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކޮށް އާންމުކުރުން.

·  ޢިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ފަންނީ މިންގަނޑުތަކާއި މަސައްކަތުގެ އަޚުލާޤީ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކޮށް އާންމުކުރުން.

· ސެކްޝަންގެ މަސައްކަތްތަކާއި ގުޅިގެން ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓްތަކާއި އެނޫންވެސް ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

·  ޑިވިޜަންގެ ދުވަހުގެ އެންޓްރީ އަދި ޑިސްޕެޗް ބެލެހެއްޓުމާއި، ގަވާއިދުން އެންޓްރީ ޝީޓް  އާއި ހަފްތާގެ ޕެންޑިންގ ޝީޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

· ޑިވިޜަންގެ މަސައްކަތްތަކާ ގުޅިގެން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖައްސައި، ޔައުމިއްޔާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

·   ޑިވިޜަނުން ކުރާ ދަތުރުތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ދަތުރުތައް ނިމުމުން ދަތުރު ރިޕޯޓް ތައްޔާރުކުރުމާއި، ދަތުރާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

·          

މަޤާމުގެ ޝަރުޠުތައް:

ކައުންސެލިންގ,ސައިކޮލޮޖީ، ސޯޝިއޮލޮޖީ، މިއިންރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި(www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

·         ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

·         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

·         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޫބަރު 21 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން،މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

11 ޞަފަރު 1441ހ

10 އޮކްޓޫބަރު 2019މ

 

 

 

ޕޮލިސީ ޕްލޭނިންގ، މޮނިޓަރިންގ ރިސަރޗް ސެކްޝަން ޑިޕާޓްމަންޓް

10 އޮކްޓޫބަރު 2019
ހޯދާ