އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އެސިސްޓެންޓް

މަޤާމް :ކަސްޓަމަރ ސަރވިސް އެސިސްޓެންޓް
ބޭނުންވާ އަދަދު :3

މި ހޮސްޕިޓަލުގައި ކަސްޓަމަރ ސަރވިސް އެސިސްޓެންޓް (ވޮލަންޓިއަރކޮށް)މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ

މި ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށް ކަސްޓަމަރ ސަރވިސް އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން  ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު  މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.  

ބޭނުންވާ އަދަދު:   3 (ތިނެއް)

މަސައްކަތްކުރަޖެހޭ ގަޑި : (2 ޝިފްޓް)   ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް

                          މެންދުރުފަހު 14:00 ން ރޭގަނޑު 20:00 އަށް

ޝަރުތު:      ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.

އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 • މުއާމަލާތްކުރުމުގެ ހުނަރު
 • އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުން.
 • މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވުން.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

 • ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް  ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުޞޫމާތު ދިނުމާއި ހިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދެއްކައިދިނުން.
 • ހޮސްޕިޓަލްގެ ހިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓުތަކުން ހިދްމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
 • ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތަށް އަޑުއަހައި ހައްލުކޮށްދިނުން.
 • ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު ކަމާ ބެހޭ ޔުނިޓް/ޑިޕާޓްމަންޓުތަކަށް އެންގުން.
 • ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
 • ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ފެންވަރު ރަގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން އެދޭ ފަދަ ގޮތަކަށް ފޯރުކޮށް ދެވުނު ހިދުމަތެއްކަމުގައި ހެދުމާއިއެކު ހޮސްޕިޓަލަށް ރީތި ނަން ހޯދައިދިނުން.

 ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު  ސިޓީއަކުން21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   

 1. ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
 2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.

                                            10 ސަފަރު 1441

9 އޮކްޓޯބަރ 2019

09 އޮކްޓޫބަރު 2019
ހޯދާ