މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިދާރާގެ ނަންބަރު: IUL) 425-C1/1/2019/ 80) ވ(25 ސެޕްޓެމްބަރ 2019) އިޢުލާންގައިވާ "އެސިސްޓެންޓް އިންޖިނިއަރ" ގެ މަގާމްގެ ޝަރުތު އިސްލާޚް ކުރުމަށްފަހު އަލުން އެ މަޤާމަށް އިޢުލާން ކުރަމެވެ.

އިޢުލާނު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J- 301072

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ބިލްޑިންގ ސެކްޝަން / ބިލްޑިންގ ޕާމިޓް ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

މުސާރަ:

6295.00

ސަރވިސް އެލެވަންސް:

3500.00

އެހެނިހެން އެލަވަންސް:

 • ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަގާމުގެ މުސާރައިގެ %28 ލިބޭނެ
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. މާލޭގެ ގޯތި ނުވަތަ ބިންތަކުގައި ޢިމާރާތް ކުރެވޭނެ އުސްމިން ބެލުމަށްޓަކައި ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމުގެ ގޮތުން، ހުށަހަޅާފައިވާ ގޯތީގެ ޗާޓަށް ބަލައި މާލޭ ޕްލޭނިންގ ޤަވާއިދުގެ ދަށުން އެ ގޯތި ނުވަތަ ބިމުގައި ޢިމާރާތްކުރެވޭނެ އުސްމިން ހިސާބުކުރުން.
 2. މާލޭގައި އެއްބުރި ނުވަތަ އެއްބުރިއަށް ވުރެ އުސްކޮށް ޢިމާރާތް ކުރުމުގެ ހުއްދައަށް އަދި ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދައަށް އެދި، ސްޓްރަކްޗަރަލް ޗެކަރ ތައްގަނޑު ނެތި ހުށަހެޅޭ ކުރެހުންތަކުގައި، ސްޓްރަކްޗަރަލް މައްސަލައެއް ހުރިތޯ ޗެކްކުރުން.
 3. މާލޭގެ ގޯތި ނުވަތަ ބިންތަކުގައި ޢިމާރާތްކުރުމަށްޓަކައި ފައުންޑޭޝަން އަޅަން ކޮނުމުގެ ތެރޭގައި ފަސްގަނޑު ދަމައިގަތުން، އިންވެގެންހުރި ޢިމާރާތަކަށް ގެއްލުންވުން ފަދަ ހާދިސާތަކާއި ގުޅިގެން، ސައިޓްތަކަށް ގޮސް އެތަނެއް ބަލައި ޗެކްކޮށް އެސަސްމަންޓް ރިޕޯޓް ތައްޔާރުކުރުން.
 4. މާލޭގެ ގޯތި ނުވަތަ ބިންތަކުގައި ޢިމާރާތް ކުރެވޭނެ އުސްމިން ބެލުމަށްޓަކައި ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމުގެ ގޮތުން، ހުށަހަޅާފައިވާ ގޯތީގެ ޗާޓަށް ބަލައި މާލޭ ޕްލޭނިންގ ޤަވާއިދުގެ ދަށުން އެ ގޯތި ނުވަތަ ބިމުގައި ޢިމާރާތްކުރެވޭނެ އުސްމިން ހިސާބުކުރުން.
 5. ޢިމާރާތެއް ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން ނުވަތަ ޢިމާރާތަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން ނުވަތަ ޢިމާރާތެއްގައި ކޮށްފައިވާ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ޢިމާރާތަކަށް މެދުވެރިވެފައިވާ ޙާލަތަކުން އެ ޢިމާރާތަކީ ނުރައްކާތެރި ޢިމާރާތެއް ކަމަށް ނުވަތަ ނުރައްކާތެރި ޢިމާރާތަކަށްވުން ގާތް ޢިމާރާތެއް ކަމަށް ފެނިއްޖެ ޙާލަތެއްގައި، ސައިޓަށްގޮސް އެތަނެއް ބަލައި ޗެކްކޮށް އެސަސްމަންޓް ރިޕޯޓް ތައްޔާރުކުރުން.
 6. ހަދާފައިވާ ޢިމާރާތެއްގެ ފެންވަރު ބަލަންޖެހިއްޖެ ހާލަތެއްގައި، ސައިޓަށްގޮސް އެތަނެއް ބަލައި ޗެކްކޮށް އެސަސްމަންޓް ރިޕޯޓް ތައްޔާރުކުރުން.
 7. ޢިމާރާތްކުރުމުގެ ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް ހަދާ ތަންތަނުގެ މައްސަލަތައް ބެލުމުގައި އިންޖިނިއަރެއްގެ ހައިސިއްޔަތުން ދޭންޖެހޭ ޓެކްނިކަލް ލަފައާއި އިރުޝާދު ދިނުން.
 8. އިންޖިނިއަރެއްގެ ހައިސިއްޔަތުން ސެކްޝަނުގެ މަސައްކަތްތަކަށް ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް ލަފައާއި އިރުޝާދު އަދި އެހީތެރިކަން ފޯރުކޮށްދިނުން.
 9. ސެކްޝަނުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެކިއެކި އެންގުންތަކާއި މިފަދަ ލިޔުންތައް ތައްޔާރުކުރުމުގައި ސެކްޝަންގެ އެހެން މުވައްޒަފުންނަށް އިންޖިނިއަރެއްގެ ހައިސިއްޔަތުން އެހީތެރިވެ ދިނުމާއި އަމިއްލައަށްވެސް އެފަދަ ލިޔުންތައް ތައްޔާރުކުރުން.
 10. ސެކްޝަނުން ދޫކުރާ ހުއްދަތައް ވެރިއަކު ސޮއިކުރުމުގެ ކުރިން ބަލައި ޗެކްކުރުން.
 11. ޢިމާރާތްކުރުމުގެ ނުވަތަ ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދަ ދެވޭ ތަންތަނުގެ މައުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައިމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ      8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

 • ކޮންސްޓްރަކްޝަން
 • ސިވިލް އިންޖިނިއަރިންގ
 • ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ތައުލީމީ ރޮނގުތައް:

 • ސިވިލް އިންޖިނިއަރިންގ
 • ކޮންސްޓްރަކްޝަން
 • ސްޓްރަކްޗަރަލް އިންޖިނިއަރިންގ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-301097

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް-4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާލެ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ލޭންޑް ސެކްޝަން / ރެޖިސްޓްރީ ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

މުސާރަ:

-/5020

ސަރވިސް އެލެވަންސް:

-/1500

އެހެނިހެން އެލަވަންސް:

 • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. މާލެއާއި ވިލިނގިލީ ހަދާ ޢިމާރާތްތަކަށް ޢިމާރާތް ކުރުމުގެ ހުއްދައަށްއެދޭ ފޯމާއި ކުރެހުން ހަމަތޯ ބަލައިގަތުން.
 2. ހުއްދައަށްއެދި ހުށަހަޅާ ކުރެހުންތައް ޗެކުރުމަށް ކުރެހުންތައް ޗެކުކުރާ މުވައްޒަފުންނާ ހަވާލުކުރުން.
 3. ކުރެހުންތަކާބެހޭގޮތުން ފޮނުވަންޖެހޭ މެމޯ ސިޓީފަދަ ލިޔުންތައް ކަމާބެހޭ ސެކްޝަނަށާއި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކަށް ފޮނުވުން އަދި ފައިލް ކުރުން
 4. މާލެއާއި ވިލިނގިލީ ހަދާ ޢިމާރާތްތަކުގެ ހުއްދަތައް ޖެހުން.
 5. އުސްމިން ހޯދުމަށް ހުށަހަޅާ ފޯމުތަކުގެ ޖަވާބު ތައްޔާރުކުރުން
 6. ކުރެހުން ޗެކުކުރާ މުވައްޒަފުން މަސައްކަތް ކުރާގޮތް ބަލާ ލިސްޓް އަޕްޑޭޓް ކުރުން
 7. ހަފްތާގެ ލިބޭ ކުރެހުންތަކުގެ އަޕްޑޭޓް ވެރިޔާއަށް ހަވާލުކުރުން.
 8. ޢިމާރާތް ކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ކުރެހުންތަކުގެ ސައިޓް ރިޕޯޓް ނަގަން ސްޕަވައިޒަރުންނާ ހަވާލުކުރުން
 9. ޤާނޫނާއި ޤަވާޢިދާ ޚިލާފުނުވާގޮތަށް ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުން

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފާވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ 

  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ                 އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 ގުޅޭ ވަޒީފާގެ ދާއިރާތައް:

 • އެޑްމިނިސްޓްރޭޝަން

 ތައުލީމީ ރޮނގުތައް:   

 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ   މަތީ ތަޢުލީމުދޭ   މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ   ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު   ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް   އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛   ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ   ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް   ލިބިފައިވާނަމަ، އެ   ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ   ބައިނަލްއަޤުވާމީ   ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި   ވަޒީފާގެ މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ   އަދާކޮށްފައިވާ  ވަޒީފާ،   ވަޒީފާ  އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛   ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
 • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
 • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޯބަރ 2019 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 22 އޮކްޓޯބަރ 2019 އާއި 28 އޮކްޓޯބަރ 2019 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 އޮކްޓޫބަރު 2019
ހޯދާ