މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

   

 

އިޢުލާން

މި މިނިސްޓްރީއަށް ޕްރޮޖެކްޓް ކޯޑިނޭޓަރ މަޤާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:  ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:  1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް        

ސެކްޝަން:  ޕްރޮޖެކްޓް ޑިޕާޓްމެންޓް

މުސާރަ: މަހަކު: 10,000 ރުފިޔާ     

މަސައްކަތުގެ މުއްދަތު:  1 އަހަރު (މީލާދީ)

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް

 

ޝަރުތު

 1.        ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޓިޝަން / ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1.       ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

 

 

ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ

 1. މާލޭގައި ގުދަން ކުރެވިފައިވާ ފުޓްސަލް ދަނޑުގެ މެޓީރިއަލް ރަށްރަށަށް ފޮނުވުމުގެ ލޮޖިސްޓިކް މަސައްކަތް ރާވާ އެކަމާއި ގުޅޭ އިދާރީ މަސައްކަތް ކުރުން.
 2. ފުޓްސަލް ދަނޑުތަކާއި ގުޅިގެން ރާއްޖެއައިސް އުޅޭ ބޭރު މީހުންގެ ވިސާ ކަންތައްފަދަ ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
 3. ރަށްރަށަށް ގެންދެވޭ ތަކެތި މަސައްކަތް ފެށުމާއި ހަމައަށް ރައްކާތެރި ގޮތަކަށް ބެލެހެއްޓުމަށް ކައުންސިލާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
 4. މަސައްކަތް ކުރުމަށް ދާ މީހުން ރަށަށް ގޮސް ތިބެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
 5. މަސައްކަތް ހިނގަމުންދާއިރު ދިމާވާ ކަންކަން ހައްލުކޮށް އެކަން ކަމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
 6. މަސައްކަތް ހިނގަމުންދާއިރު އެމަސައްކަތްތައް ބަލާ މޮނިޓަރ ކުރުން.
 7. މަސައްކަތް ނިންމުމަށްފަހު ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
 2. ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން އަންގައިދިނުމުގެ ގޮތުން ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅުއްވާ ސިޓީ.
 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ/ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 1. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ޕްރޮޖެކްޓްތަކާއި  ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
 2. ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން
 3. އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
 4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
 5. ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

 

ޕްރޮޖެކްޓް ކޯޑިނޭޓަރއެއް ޢައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.

ތަޢުލީމާއި/ ތަމްރީން             %50

މަސައްކަތުގެ ތަޖްރިބާ             % 20

އިންޓަރވިއު                  % 30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯރމް، ސިޓީ އަދި ލިޔުންތައް ހުށަހަޅާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ13:00  ގެ ކުރިން، މި މިނިސްޓްރީގެ(މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވެލާނާ ބިލްޑިން 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. މި މުއްދަތުގެފަހުން މި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަރވިއުއަށް ދެންނެވުން.

ވަޒީފާއަށް އެދި ގިނަފަރާތް ތަކަކުން ހުށަހަޅައިފިނަމަ ޝޯރޓްލިސްޓްކޮށް، ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދެންނެވޭނެއެވެ. އިންޓަރވިއުއަށް ދަންނަވައި އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347329 ނަންބަރު ފޯނަށެވެ.

10 ޞަފަރު 1441

09 އޮކްޓޫބަރު 2019
ހޯދާ