އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލުގެ އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު GS79/IULAAN/2019/24 އަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު މިމަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޮކްޓޯބަރ 9 އިން 2019 އޮކްޓޯބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 20 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: [email protected]

 

‏9‏ ޞަފަރު‏ 1441

‏8‏ އޮކްޓޯބަރ‏ 2019

08 އޮކްޓޫބަރު 2019
ހޯދާ