މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކާ ގުޅިގެން ބިދޭސީންނަށް ދޫކުރާ މަސައްކަތް ކުރުމުގެ ހުއްދަ ބާޠިލްކުރުމާ ބެހޭ

އިޢުލާން

ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކާ ގުޅިގެން ބިދޭސީންނަށް ދޫކުރާ މަސައްކަތް ކުރުމުގެ ހުއްދަ ބާޠިލްކުރުމާ ބެހޭ

ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީންގެ ތެރެއިން ރާއްޖެއިން ފުރައިގެންދާ ފަރާތްތަކަށް ދީފައިވާ މަސައްކަތްކުރުމުގެ ހުއްދަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ބާޠިލްކުރުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ވަޒީފާ ދިން ފަރާތުން ހުށަނާޅާ މައްސަލަތައް ވަޒީފާ އަދާކުރާ ފަރާތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް ހުށަހަޅަމުން ގެންދާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް އެ އޮތޯރިޓީން ބެލުމަށްފަހު، އެފަރާތްތަކުގެ މަސައްކަތްކުރުމުގެ ހުއްދަ ބާޠިލް ކުރުމަށް މި މިނިސްޓްރީއަށް ފޮނުވާ މައްސަލަތަކުގައި ބިދޭސީމީހާ އަށް ދޫކޮށްފައިވާ މަސައްކަތްކުރުމުގެ ހުއްދަ ބާޠިލްކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. މިފަދަ މައްސަލަތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބެލުމަށްފަހު ވަޒީފާ އަދާކުރާ ފަރާތުގެ  މަސައްކަތްކުރުމުގެ  ހުއްދަ  ބާޠިލް  ކުރުމަށް  "އެކްސްޕެޓް  އޮންލައިން  ސިސްޓަމް"  އިން  ހުށަހެޅުމަށް  މަސައްކަތު 5 ދުވަހުގެ މުހުލަތެއް ވަޒީފާ ދޭ ފަރާތަށް ދީ، އެ މުއްދަތުގެ ތެރޭގައި މަސައްކަތްކުރުމުގެ ހުއްދަ ބާޠިލްކުރުމަށް ހުށަނާޅައިފިނަމަ އެ ވަޒީފާ ދޭ ފަރާތާމެދު ފިޔަވަޅު އެޅުމަށްފަހު "އެކްސްޕެޓް އޮންލައިން ސިސްޓަމް"ގައި ވާ އެފަދަ ބިދޭސީންގެ މަސައްކަތްކުރުމުގެ ހުއްދަ މި މިނިސްޓްރީން ބާޠިލްކުރާނެ ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

09  ޞަފަރު   1441

08 އޮކްޓޫބަރު 2019
ހޯދާ