މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، އެކައުންޓްސް އެންޑް ފައިނޭންސް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

މެނޭޖަރ، އެކައުންޓްސް އެންޑް ފައިނޭންސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

-/21,200 ރުފިޔާ

އިތުރު ޢިނާޔަތް:

ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

 • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ/ ސީމާ މެމްބަރޝިޕް ޙާޞިލުކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ޙާޞިލުކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
 • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 މަސްޢޫލިއްޔަތު:

 • ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
 • މަހުން މަހަށް ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
 • ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި،  ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
 • މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
 • ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނަ ވަގުތުގައި ޙިއްޞާކުރުން.
 • ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
 • ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
 • މަހުން މަހަށް ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާ ޙިއްޞާކުރުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
 • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

07 އޮކްޓޫބަރު 2019
ހޯދާ