ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް / ސ. ފޭދޫ ޞިއްހީމަރުކަޒު

މި އިޢުލާންވަނީ 07 އޮކްޓޫބަރު 2019 2004 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު

ލޯންޑްރީ އެސިސްޓެންޓް  

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

03 މަސް ދުވަހާއި 18 ދުވަސް

މަޤާމުގެ ރޭންކް

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ފޭދޫ ޞިއްހީމަރުކަޒު

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް 1

-/1200 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެވެ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ސިއްޙީމަރުކަޒުގެ ވޯޑް، ޓްރީޓްމެންޓްރޫމް، ކޮންސަލްޓޭޝަން ރޫމް، ލޭބަރރޫމް ގައި ބޭނުންކުރާ ބެޑްޝީޓާއި ބަލީސްއުރަ އަދި ގަވްން ފަދަ ތަކެތި ދޮވެ އިސްތިރިކުރުން.
 2. ޞިއްޙީމަރުކަޒުގެ ދޮރުތަކުގައި ދަމާފައިވާ ދޮރުފޮތިތައް ދޮވުން.
 3. ދޮންނަކުނޑި ބްލިޗްފަދަ ތަކެތި ބޭނުންކޮށްގެން ފޮތި ސާފުކުރުމަށް ކަޑައެޅިފައިވާ ޤަވާއިދުން ސާފުކުރުން.
 4. ދޮންނަންޖެހޭތަކެތި، ޞިއްޙީމަރުކަޒުން ދޭ ޚިދުމަތަށް ބުރުނާރާނެގޮތަށް ދޮވެ އިސްތިރިކޮށް ނިންމާފައި ބެހެއްޓުން.
 5. ލޯންޑްރީގައި ބޭނުންކުރާ ދޮންނަމެޝިންތައް ރަގަޅަށް ސާފުތާހިރުކޮށް ބެލެހެއްޓުން، އަދި މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އަންގަންޖެހޭ އިސް މުވައްޒަފަށް އަވަހަށް އެންގުން.
 6. ލޯންޑްރީގެ ޢިމާރާތާއި ދޮރާއިދޮރުފަތާއި ތަޅުމުގެ ޓައިލްސްތައް ރަގަޅަށް ސާފުކޮށް ޖަރާސީމު ނައްތާލެވޭގޮތަށް ސާފުކުރުން.
 7. ލޯންޑްރީގައި މަސައްކަތަށް ބޭނުންކުރާ އެންމެހާ ތަކެތި ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 8. ލޯންޑްރީ ސަރަޙައްދުގެ ބޭރުތެރެ ސާފުކޮށް ވިނަނޮޅާ ރީތިކޮށް ބެލެހެއްޓުން، މީގެ އިތުރުން މަސައްކަތު އެޓެންޑެންޓުން ނުތިބޭ ވަގުތު ތަކުގައި އެމީހުން ކުރާ މަސައްކަތްތައް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަންވެސް ކުރުން.
 9. ލެބޯރޓްރީ ފޮޅާސާފުކޮށް މޮޕްކޮށް ޓެސްޓްހެދުމަށް ބޭނުންކުރާ އިކްއިޕްމަންޓްސް އާއި އެހެނިހެން ތަކެތި  ލެބޯރޓްރީ ޓެކްނޮލޮޖިސްޓް އަންގާ ގޮތެއްގެ މަތިން ދޮވެ ސާފުކުރުން.
 10. ކަޑައެޅިފައިވާ ޑިއުޓީކުރުމުގެ އިތުރުން އިމަރޖެންސީ ޙާލަތެއްގައި ކޯލްލުރެވިއްޖެނަމަ ނިކުމެ މަސައްކަތްކުރުން.
 11. އެޓެންޑެންޓް/މަސައްކަތު މުވައްޒަފުން ޗުއްޓީ ނެންގެވުމުން ސެކްޝަން އިންޗާރޖް އެންގެވުމުގެ މަތިން އެސެކްޝަންތަކުގެ މަސައްކަތް ކުރުން.
 12. މީގެއިތުރުން ޞިއްޙީމަރުކަޒުގައި ދިމާވާ ބޮޑެތިކަންތައްތަކުގައި އެހީތެރިވެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް

 1. ލިޔަންކިޔަން އެނގުން

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސ. ފޭދޫ ޞިއްޙީމަރުކަޒުގެ އޮފީހުންނާއި ، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ސ. ފޭދޫ ޞިއްހީމަރުކަޒަށް ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 އޮކްޓޯބަރު 2019 އާއި 10 ނޮވެމްބަރު 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885046 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2019
ހޯދާ