ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ މަގުތަކުގައި ނުވަތަ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑީޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރެވޭނެ އުސޫލެއް އެކުލަވާލުން

ފުވައްމުލަކު ސިޓީގެ މަގުތަކުގައި ނުވަތަ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގާޑީޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރެވޭނެ އުސޫލެއް ފުވައްމުލަކު ސިޓީ ކައުންސިލުންވަނީ އެކެލަވާލާފައެވެ. މިއުސޫލުގެ ދަށުން  ގާޑީޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރެވޭނީ މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޤަވާއިދުގައިވާ ގޮތުން ގާޑިޔާ ނުވަތަ މޭޒު ރަޖިސްޓްރީކުރާ ފަރާތްތަކުން މަހުފީ އެއްގެ ގޮތުގައި 500/- ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.

         ވީމާ ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކުން 15 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި ރަޖިސްޓްރީކުރެއްވުމަށް ދަންނަވަމެވެ. ގާޑިޔާ ނުވަތަ މޭޒު 15 އޮކްޓޯބަރ 2019 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ގާޑިޔާ ނުވަތަ މޭޒު ނެގުމުގެ އިޚްތިޔާރު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

          ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިންނާއި އަދި ފޭސްބުކް ޕޭޖްއިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6862822/6862818 ފޯނާއި ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2019
ހޯދާ