މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

                ކުރީގެ ޔޫތު ސެންޓަރ މިހާރުގެ ހިންމަފުށީ އިޖްތިމާޢީ މަރުކަޒު އާއި ފުޓްސަލް ދަނޑު ފޮޅާ ސާފުކޮށް ބެލެހެއްޓުމަށާއި އިދާރީ ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް ތިރީގައި މިދަންނަވާ 2 މަޤާމަށް ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މުއައްޒަފުން ބޭނުންވެއްޖެ.

މަޤާމް:              އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:        1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށި އިޖުތިމާޢީ މަރުކަޒު

މުސާރަ:              -/5065 ރުފިޔާ (މުސާރައާއި އެލަވަންސް އާއިއެކު)

މުއްދަތު:              1 އަހަރު

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު ( ހެނދުނު 8:00 ން 14:00 އަށް ) މީގެ އިތުރުންވެސް ޝެޑިއުލް ކުރެވޭ ގަޑިތަކެއްގައި މަސައްކަތްކުރުން.

އިތުރު އިނާޔަތްތައް :

 • ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް ފައިސާ ލިބޭނެއެވެ. 

މަޤާމް ޝަރުތުތައް :

 • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،
 • ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  އޮފީސް ހުޅުވުމާއި ލެއްޕުން.

2-  ހިންމަފުށީ އިޖުތިމާޢީ މަރުކަޒުގެ އިދާރީ އެންމެހާ މަސައްކަތްކުރުން.

3-  އިޖުތިމާޢީ މަރުކަޒުގެ އެހެނިހެން މުވައްޒަފުންގެ ޙާޟިރީތައް ބެލެހެއްޓުން.

4-  އިދާރީގޮތުން ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ފޮނުވުން.

5-  މީގެ އިތުރުން ވެސް ކައުންސިލުން ކަނޑައަޅާ އިޖުތިމާޢީ މަރުކަޒުގެ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:             މަސައްކަތު

ބޭނުންވާ އަދަދު:        1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށި އިޖުތިމާޢީ މަރުކަޒު

މުސާރަ:           -/5000 ރުފިޔާ (މުސާރައާއި އެލަވަންސް އާއިއެކު)

މުއްދަތު:           1 އަހަރު

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު ( ހެނދުނު 8:00 ން 14:00 އަށް ) މީގެ އިތުރުންވެސް ޝެޑިއުލް ކުރެވޭ ގަޑިތަކެއްގައި މަސައްކަތްކުރުން.

އިތުރު އިނާޔަތްތައް :

 • ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް ފައިސާ ލިބޭނެއެވެ. 

މަޤާމް ޝަރުތުތައް :

 • އަސާސާ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެގުން.  
 • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
 • ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ކޮންމެ ދުވަހަކު މަރުކަޒުގެ ގޯތިތެރެއާއި ވަށާމަގު އެތެރެއާއި އޮފީސްތެރެ އަދި ހޯލްގެބައިތައް ކުނިކަހާ ސާފުކުރުން.

2-  ހަފްތާއަކު 1 ފަހަރު ފުޓްސަލް ދަނޑުގެ ވިނަނޮޅާ ކުނިކަހާ ސާފުކުރުން.   

3-  ކޮންމެ ދުވަހަކު ޑަސްބިންތައް އުކާލުން.

4-  ކޮންމެ ދުވަހަކު ފާޚާނާތައް ސާފުކުރުން.

5-  މީގެ އިތުރުންވެސް ކައުންސިލުން އަންގާ މަސައްކަތްތަކާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.  

6-  ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

     (ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް :

 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
 3.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ އެކު)

މުއްދަތު:

    (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.

    (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

    (ހ) ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00  ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށެވެ. 

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.     

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2019
ހޯދާ