ދިވެހިރާއްޖެ
އިޢުލާން
ކ.މާފުށީ ޞިއްޙީމަރުކަޒަށް ޑެންޓަލް ސެޓަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL) 23-AP/23/2019/202( 01 ޖުލައި 2019) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން "މިނިމަމް ރިކްއަރމަންޓަށް" ފެތޭފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 09 އޮކްޓޯބަރ 2019 ވާ ބުދަަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ އަދި 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޮކްޓޯބަރ 2019 ވާ ބުދަަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
07 ޞަފަރު 1440