މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

 

 

 

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

  ކ.މާފުށި                                                   

 

 

 

(IUL)337/337/2019/66 ނަންބަރު

ވަޒީފާގެ ފުރުޞަތު

 

 

އިޢުލާނު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J227089

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް.3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ / ކ.މާފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4465 ރުފިޔާ

މުސާރަ:

-/1500 ރުފިޔާ

ސަރވިސް އެލެވަންސް:

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ސަޕޯޓިންގ ކޯ އެލަވަންސް:   -/700 ރުފިޔާ
 4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. (މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިނާޔަތްތައް )

 

އެހެނިހެން އެލަވަންސް:

1-      ކައުންސިލްގެ އާއްމު ޖަލްސާތަކުގެ އެޖެންޑާ، ކައުންސިލްގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި ކައުންސިލަރަކު އަންގަވާގޮތެއްގެ މަތިން ތައްޔާރުކޮށް 01 ދުވަސް ކުރިއަށްލާ މެމްބަރުންނަށް ފޮނުވުން.

2-      ކައުންސިލްގެ ކުއްލި ޖަލްސާތކުގެ އެޖެންޑާ،ކައުންސިލްގެ ރައީސް ނުވަތަ ހިންގުމާއި ހަވާލުވެ ހުންނެވި ކައުންސިލަރަކު އަންގަވާގޮތެއްގެ މަތިން ތައްޔާރުކޮށް މެމްބަރުންނަށް ފޮނުވުން.

3-      ކައުންސިލްގެ އާއްމު ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުން ދުވަހަށް ސޮއިކުރުވާ،އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.

4-      ކައުންސިލްގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ޖަލްސާގެ ޙާޟިރީ އަދި ޖަލްސާގެ ނިންމުންތައް ދުވަހުންދުވަހަށް ސޮއިކުރުވާ، އާއްމުކުރުމާއި އެކު ފައިލްކުރަމުން ގެންދިޔުން.

5-      ކައުންސިލްގެ އާއްމު ޖަލްސާތަކުގެ ޔައުމިއްޔާތައް ހަފްތާއަކު 01 ފަހަރު ލިޔެނިންމުމަށްފަހު، މެބަރުންގެ ސޮއިކުރުވާ ފައިލްކުރަމުން ގެންދިޔުމާއި އެކު މަހަކު 01 ފަހަރު އަތޮޅު ކައުންސިލަށް ކޮޕީ ފޮނުވުން.

6-      ކައުންސިލްގެ ކުއްލިޖަލްސާތަކުގެ ޔައުމިއްޔާތައް ހަފްތާއަކު 01 ފަހަރު ލިޔެނިންމުމަށްފަހު، މެމްބަރުންގެ ސޮއިކުރުވާ، ފައިލްކުރުމުން ގެންދިޔުމާއި އެކު މަހަކު 01 ފަހަރު އަތޮޅު ކައުންސިލަށް ފޮނުވުން.

7-      ކައުންސިލްގެ އަހަރުގެ ތަރައްޤީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ކައުންސިލްގެ ލަފާގެ މަތިން ކޮންމެ ދެ މަހަކުން އެއްފަހަރު އާއްމުކުރަމުން ދިޔުމާއި އަތޮލު ކައުންސިލަށް އެކަން ފޮނުވުން.

8-      ކައުންސިލުން ނިންމާ ނިންމުންތަކާއި ގުޅިގެން، އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި،އަންގަންޖެހޭ އެންގުންތައް އެންގުން.

9-      ކައުންސިލުންގެ ނިންމުންތަކާއި ގުޅިގެން އެހެން ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ކައުންސިލްގެ ނިންމުމާއި ޔައުމިއްޔާ ޢުޟޫލު ޤާރާރުގެ ކޮޕީތައް ފޯރުކޮށްދެމުން ދިއުން، ނުވަތަ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން.

10-  ކައުންސިލްގެ ރަސްމީ ވައިބަރ ގްރޫޕާއި ފޭސްބުކު ޕޭޖް މެނޭޖުކުރާމާއި ކައުންސިލްގެ ނިންމުންތަކާއި މަސައްކަތުގެ މަޢުލޫމާތު އާއްމުކުރަމުން ދިޔުން.

11-   ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓް އެލްޖީއޭގެ ފޯމެޓާއި އެއްގޮތަށް ތައްޔާރުކުރުމަށް ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި ކައުންސިލްގެ ރައީސްގެ ކިބައިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު ރިޕޯޓް ފުރިމަހަކޮށް ،ޖުލައި މަހުގެ 10 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުމާއި އެކު ފައިލްކުރުން.

12-  ކައުންސިލްގެ އަހަރު ދުވަހުގެ ރިޕޯޓް އެލްޖީ އޭގެ ފޯމެޓާއި އެއްގޮތަށް ތައްޔާރުކުރުމަށް، ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، ކައުންސިލްގެ ރައީސްގެ ކިބައިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު ރިޕޯޓް ފުރިހަމަކޮށް ޖެނުއަރީ މަހުގެ 10 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުމާއި ފައިލްކުރުން.

13-  ކައުންސިލްގެ  ފެބްރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން،ކައުންސިލުގެ ރައީސްގެ ލަފާގެ މަތިން އިންތިޒާމްކޮށް އެޖެންޑާ ތައްޔާރުކުރުމާއި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި،ޖަލްސާނިމުމުން ޖަލްސާގެ ޔައުމިއްޔާ ފެބްރރުވަރީ މަހުގެ 15 ގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވައި ފައިލްކުރުން.

14-  ޖެހިޖެހިގެން އަންނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް ޖުލައިމަސް ނުމުމުގެ ކުރިން ކައުންސިލްގެ ލަގެމަތިން ތައްޔާރުކުރުމާއި،ޖުލައިމަހުގެ ބައްދަލުވުމަށް ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖައްސަވައި،ކައުންސިލުން ފާސްކުރުމުން ޖުލައިމަސް ނިމުމުގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުން.

15-  ކައުންސިލްގެ ޖުލައިމަހު ރައްޔިތުންނާއި ބައްދަލުވުމުން ކައުންސިލްގެ ރައީސްގެ ލަފާގެމަތިން އިންތިޒާމްކޮށް އެޖެންޑާ ތައްޔާރުކުރުމާއި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި،ޖަލްސާނިމުމުން،ޖަލްސާގެ ޔައުމިއްޔާ،ޖުލައިމަސް ނިމުމުގެ ކުރިން އަތޮޅުކައުންސިލަށް ފޮނުވާ ފައިލްކުރުން.

16-  ކައުންސިލިން އެކި ފަރާތްތަކާއި އެކުގައި ބާއްވާ ރަސްމީ ބައްދަލުވުންތައް ކައުންސިލްގެ ރައީސްގެ ލަފާގެމަތިން އިންތިޒާމްކުރުމާއި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން.

17-  ކައުންސިލްގެ ރަސްމީ ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެ މަތިން ހަމަޖެއްސުމާއި، ބޭނުންވާ ޙިދުމަތްތައް އިދާރީ އޮނިގަނޑުގެ ތެރެއިން ހޯދުމާއި ދަތުރު ރިޕޯތް ތައްޔާރުކޮށް އެޗް އާރު ސެކުޝަންއަށް ހުށަހެޅުން.

18-  ކައުންސިލްގެ ޕާރފޯމެންސް އިންޑެކްސް ގެ ސުވާލުކަރުދާސް ފުރިހަމަކުރުމުގެ ގޮތުން ޝެކުޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ކުރިއާލާ ސެކްޝަންތަކަށް އަންގައި ހޯދުމާއި ކިޔެއިޔުންތައް ހަމަކޮށް ކިތާބީ ހެކިތައްކާއި އެކު މުއްދަތަށް ފޮނުވުމުގައި އިސްދައުރު އަދާކުރުން.

19-  އަދި މިނޫނަސް ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކައުންސިލްގެ ރައީސް،ނައިބްރައީސް އަންގަވާ ކަންކަން ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސުކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 • ތަޢުލީމާއި ތަމްރީނު                   %40
 • ސިވިލް ސާރވިސްގެ އިމްތިހާނު            %5
 • މަސައްކަތު ތަޖްރިބާ                   
 • ލިބިފައިވާ ހުނަރު / އިންޓވިއު            %40

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2019 ވާ  އަންގާރަ ދުވަހުގެ (14:00) ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް                  ( [email protected] ) އަދި ފެކްސް (6640073) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 16 އޮކްޓޯބަރ 2019 އާއި 23 އޮކްޓޯބަރ 2019 އާ ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ 30 އިންސައްތަ ލިބެންޖެހޭނެ އެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6640073 / 9196614 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640073 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން:

 

         

 

          07 ޞަފަރު   1441

         06  އޮކްޓޯބަރ  2019

 

06 އޮކްޓޫބަރު 2019
ހޯދާ