ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

`

 

ށ.އަތޮޅު މަދަރުސާ

ށ.ކަނޑިތީމު، ދިވެހިރާއްޖެ

                                                           ނަންބަރު: IUL)GS34/2019/24)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

           މި މަދަރުސާގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތް

05 ކްލާސްރޫމް ޢިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުން.

          ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން

2019 އޮކްޓޫބަރ 07 އިން 2019 އޮކްޓޫބަރ 13 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން.

2019 އޮކްޓޫބަރ 13 ވާ އާދީއްތަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

2019 އޮކްޓޫބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ޕާޓިޝަންތައް މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ށ.އަތޮޅު މަދަރުސާ

   ށ.ކަނޑިތީމު

   ފޯން: .6540059

   އީ-މެއިލް: [email protected]

          އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ  ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                      07 ޞަފަރު   1441      

                       06 އޮކްޓޫބަރ  2019

06 އޮކްޓޫބަރު 2019
ހޯދާ