ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު  IUL)B-385/2019/15) އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ބިޑް ހުށަހަޅާފައި ނުވާތީ އެ ޢިއުލާން ބާޠިލްކޮށް އަލުން ޢިލާންކުރަމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމިހުރު މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/500 ދިވެހި ރުފިޔާއެވެ.

މިމަޝްރޫއުގެ ޕްރިބިޑް ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި ހަމަ އެގަޑީގައެވެ. އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "ދިޔަމިގިލީ ގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތަށް ކުރުން"

ށ. އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ

ނ. އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބިޑް ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

07 ޞަފަރު 1441

06 އޮކްޓޫބަރު 2019
ހޯދާ