މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރު މަރާމާތުކުރުން.

 

މިއިދާރާގެ ނަންބަރު: (IUL)284-MS/284/2019/35 (22 ސެޕްޓެމްބަރ 2019) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ށ. މިލަންދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު (ކުނިކޮށި)، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

14 އޮކްޓޯބަރ 2019

ހޯމަ

ހެނދުނު 11:00

އަގު ހުށަހެޅުން

16 އޮކްޓޯބަރ 2019

ބުދަ

ހެނދުނު 11:00

 

                  މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި ބައިވެރިވެއްލައްވާނަމަ، އެކަން އަންގައިދޭ ލިޔުން ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 6ގެ (ހ) ގައިވާގޮތަށް، ކުންފުނި ނުވަތަ ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީސް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

03 އޮކްޓޫބަރު 2019
ހޯދާ