ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މާލެ އަތޮޅު މާގިރީގައި ޖެހުމަށް ހަމަޖެހިފައިވާ 12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތި ސޮފްޓް ޕައިލް ކޮށްގެން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، 2019 ސެޕްޓެމްބަރ 15 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރ (IUL)202-A/1/2019/88 އާއިގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތުގެ ތެރެއިން މިއޮތޯރިޓީ އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބިޑްހުށަހަޅުއްވާފައިވަނީ އެންމެ 2 ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް 03 އޮކްޓޯބަރ 2019 އިން ފެށިގެން މައުލޫމާތު ޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި އޮތޯރިޓީގައި އެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
02 ޞަފަރު 1441
01 އޮކްޓޯބަރ 2019