އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް ކުނި އުފުލުމާ ބެހޭ

                                                                                     ނަންބަރު:  (IUL)203-WMPP/88/2019/1 

އިޢުލާން

 

ގަވާއިދާ ޚިލާފަށް ކުނި އުފުލުމާ ބެހޭ:

 

               ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން އަމަލުކުރަމުންދާ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު 2013/R-58 އާ ޙިލާފަށް އެކި ފަރާތްތަކުން ކުނި އުފުލާކަން މިއޭޖެންސީއަށް ވަނީ ފާހަގަވެފައެވެ. ކުނި މެނޭޖްކުރުމާއިބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކަނޑުމަތީގައާއި އެއްގަމު އުޅަނދުފަހަރުގައި އެއްތަނުން އަނެއްތަނަށް ކުނި ގެންދަންވާނީ ކުންޏާއި އޭގެ ވަސް މާޙައުލަށް ނުފެތުރޭގޮތަށް ރަނގަޅަށް ނިވާކޮށް، ކުންޏާއި އޭގައި އެކުލެވޭ ދިޔަ އެއްވެސް ވަރަކަށް ބޭރުނުވާ ގޮތަށެވެ. އެގޮތުން، ކުނި އުފުލާ އުޅަނދުފަހަރު ހުންނަޖެހޭނެ ގޮތުގެ ކުރެހުމެއް މިއިޢުލާނާއެކު އެކުލެވިފައިވާނެއެވެ.  

       އެހެންކަމުން، ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު 2013/R-58 އާ ޙިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި، މިފަދަ ފަރާތްތަކާމެދު މިއެޖެންސީއިން ފިޔަވަޅު އަޅަމުންގެންދާނެވާހަކަ ކުނި އުފުލުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުރިހާ އަންގާ އިޢުލާން ކުރަމެވެ. އަދި މި މިންގަނޑާ ޚިލާފަށް ކުނި ބަރުކޮށްގެންދާ އުޅަނދުފަހަރުގެ ކުނި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި ތިލަފުށްޓަށް ބަލައި ނުގަންނާނެކަން އަންގަމެވެ.  

02 ޞަފަރު 1440

01 އޮކްޓޫބަރު 2019

01 އޮކްޓޫބަރު 2019
ހޯދާ