މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ގއ. ވިލިނގިލީގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އާއި ގުޅޭ

އިޢުލާން

ގއ. ވިލިނގިލީގައި ބާއްވަން ހަމަޖައްސާފައިވާ 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އާއި ގުޅޭ

މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގއ. ވިލިނގިލީ ކައުންސިލާއި މި މިނިސްޓްރީ ގުޅިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން 19 ވާ ހޮނިހިރު ދުވަހުގެ ހަވީރުގެ ނިޔަލަށް، ގއ. ވިލިނގިލީގައި 'މަދަނީ ޖަމްޢިއްޔާތަކުގެ ކޮންފަރަންސް' އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، ކޮންފަރަންސްގައި ބައިވެރިވެލެއްވުމަށް އެދޭ، ގއ. އަތޮޅުގެ ތިރީގައިވާ ރަށްރަށުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން[email protected]  އަށް، ޖަމްޢިއްޔާގެ ނަމާއި، ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ތެރެއިން ކޮންފަރަންސްގައި ބައިވެރިވެލައްވާނޭ 2 ފަރާތެއްގެ ނަމާއި، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފޮނުއްވައިދެއްވުން އެދެމެވެ.

  1. ގއ. ވިލިނގިލި
  2. ގއ. ނިލަންދޫ
  3. ގއ. މާމެންދޫ
  4. ގއ. ކޮލަމާފުށި
  5. ގއ. ކޫއްޑޫ

ގއ. ވިލިނގިލީގެ ޖަމްޢިއްޔާތައް ނޫން ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކަށް ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވާ ރަށުން ފެށިގެން ކޮންފަރަންސް އޮންނަ ރަށާއި ދެމެދު ދެކޮޅު ދަތުރު ހަމަޖައްސައިދެވޭނެއެވެ. އަދި ކޮންފަރަންސް އޮންނަ ދުވަސްތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ބަލަހައްޓައިދެވޭނެއެވެ.

މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، 3347387 އަށް ގުޅުއްވުން އެދެމެވެ.

                                     02 ޞަފަރު   1441

01 އޮކްޓޫބަރު 2019
ހޯދާ