ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ އޮފީހުގައި ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު FDC-IUL/2019/11 (8 އޯގަސްޓް 2019) އިއުލާން އަދި ނަންބަރު FDC-IUL/2019/18 (1 ސެޕްޓެމްބަރ 2019) އިއުލާނާ ޙަވާލާދީ ދަންނަވަމެވެ.
އިސްވެ ދެންނެވުނު އިއުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ސްކޯޕް ބަދަލުވުމާގުޅިގެން އެ އިއުލާން ބާޠިލުކޮށް، މި މަސައްކަތުގެ އައު ސްކޯޕާ އެއްގޮތަށް ނެޓްވޯކް އެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަން (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ، 20095) އަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރައްވައި، މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްސީލް | ތާރީޚް | ގަޑި | 
| ބިޑް ރެޖިސްޓްރޭޝަން | 3 އޮކްޓޯބަރ 2019 | 10:00 ގެ ކުރިން | 
| ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން | 3 އޮކްޓޯބަރ 2019 | 14:00 | 
| ބިޑް ހުށަހެޅުން | 7 އޮކްޓޯބަރ 2019 | 14:00 | 
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގައި 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
 
                    