ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ފަޔަރ އެކްސްޓިންގްއިޝް ފުޅިތަށް ރިފީލް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްކުރުން

 މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންގތަކަށް ބޭނުންކުރާ ފަޔަރ އެކްސްޓިންގްއިޝް ފުޅިތަށް ރިފީލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

1-         ޕްރެކްޓިކަލް ޓްރައިނިންގ ތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ހުސްވުމުން އެފުޅިތަށް ރިފީލް ކުރުން.

2-         ހުސްވާ ފުޅިތަށް ރިފީލް ކުރުމަށް ގެންދިޔުމާއި ގެނައުމުގެ މަސައްކަތްކުރުން.

3-         ފުޅިތަކުގެ މެއިންޓަނަންސް މަސައްކަތްތަށް ކުރުން.

4-         ފުޅިތަކުގައި ބަދަލުކުރަންޖެހޭ ބައެއް ވާނަމަ، ނުވަތަ ފުޅި ބާވެފައި ނުވަތަ ހަލާކުވެ ބޭނުން ނުކުރޭވޭ ހާލަތުގައި ވާނަމަ، މި ސެންޓަރުގެ މަޝްވަރާ އާއިއެކު އެމަސައްކަތް ކުރުން.

މަތީގައި ބަޔާން ކުރެވިފައިވާ  މަސައްކަތަކާއިބެހޭ އިތުރު ތަފްސީލު، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ދެވޭނެއެވެ.

 މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިމާލޭގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފު ކުރެއްވުމަށް

07 އޮކްޓޯބަރ 2019

13:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

10 އޮކްޓޯބަރ 2019

13:00

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345222 ނުވަތަ 3345223 ނަންބަރާ ގުޅުއްވުން އެދެމެވެ. 

30 ސެޕްޓެންބަރު 2019
ހޯދާ