މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި 28 އޮކްޓޫބަރު 2019 (ހޯމަ) ދުވަހުގެ ރޭ ދަރުބާރުގެގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާ 800 ބޭފުޅުންނަށް ސައިފޮދު ތައްޔާރުކޮށް ފެން ބެހެއްޓުން ތައްޔާރު ކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                     ނަމްބަރ: IUL 10-F/10/2019/120

އިޢުލާން

  މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި 28 އޮކްޓޫބަރު 2019 ވާ (ހޯމަ) ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާ 800 މީހުންނަށް ސައި ފޮދު ތައްޔާރުކޮށް ދިނުމާއި، އަދި ފެން ބަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޮކްޓޫބަރު 2019 ވާ  އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

30 ސެޕްޓެންބަރު 2019
ހޯދާ