ދިވެހިރާއްޖެ
އިޢުލާން
| މަޤާމް | އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން | 
| މަޤާމް ނަންބަރ | J-131554 | 
| ބޭނުންވާ އަދަދު | 01 | 
| މަޤާމުގެ ގިންތި | ދާއިމީ | 
| މަޤާމުގެ ރޭންކް | ޖީއެސް 3 | 
| މަޤާމުގެ ކްލެސިފިކޭޝަން | އޮފިސަރ ގްރޭޑް 1 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން | ދ.އަތޮޅު މަދަރުސާ / ދ.މީދޫ | 
| މުސާރަ | މަހަކު 4465.00 ރުފިޔާ | 
| ސަރވިސް އެލަވަންސް | މަހަކު 1500.00 ރުފިޔާ | 
| އެހެނިހެން އެލަވަންސް | 1- ސަޕޯޓިންގ ކޯ އެލަވަންސް ، މަހަކު -/1200 ރުފިޔާ 2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 3- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް | 1- ކޮމްޕިއުޓަރ ތަކާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. 2- ސްކޫލުގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން 3- ސްކޫލުގެ ނެޓްވޯރކް ބެލެހެއްޓުން 4- ސްކޫލުގެ އިންޓަރނެޓް ބަލަހައްޓާ އަޕްޑޭޓް ކުރުން 5- ކަޑައެޅިފައިވާ އުޞޫލުން ކްލާސްތަކަށް ކޮމްޕިއުޓަރ ކިޔަވައިދިނުން 6- އެންޓިވައިރަސް އަޕްޑޭޓްކުރުން 7- މަތީ ޘާނަވީ ކުދިންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައްތައް ރޭވުމާއި ކުދިން އިންޓަރނެޓްގެ ހިދުމަތް ހޯދާއިރު އެކަން މޮނީޓަރކޮށް އެހިދުމަތް ލިބިގަންނަނީ ހެޔޮގޮތުގައިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުން. 8- ކޮމްޕިއުޓަރ ނެޓްވާރކް ރަނގަޅަށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން 9- ކޮމްޕިއުޓަރ ލެބުގެ ކަންކަން ބަލަހައްޓާ، ދިމާވާ މައްސަލަތައް ހައްލުކުރުން 10- ސްކޫލުގެ ކޮމްޕިއުޓަރ،ޕްރިންޓަރ އަދި ފޮޓޯކޮޕީ މެޝިން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން 11- ހަފްތާއަކު އެއްފަހަރު ކޮމްޕިއުޓަރުތައް ސްކޭންކޮށް ޑީޕްރެގްމެންޓްކުރުން. 12- އިންފޮމޭޝަން ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ހޯދޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 13- ސްކޫލްގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން. 14- ކޮމްޕިއުޓަރތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 15- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން. 
 | 
| މަޤާމުގެ ޝަރުތުތައް | ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| ހުށައަޅަންޖެހޭ ލިޔުންތައް | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 1. ޙާޞިލްކޮށްފައިވާ ތައުލީމަށް ބަލައިގެން 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން 3. ޤާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސްއިން | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ | މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބެންޖެހޭ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. 
 | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 08 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން، ދ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 09 އާއި 2019 އޮކްޓޯބަރ 10 އާ ދެމެދު، ދ.އަތޮޅު މަދަރުސާ ގައެވެ. | 
| ޝޯޓްލިސްޓް ކުރުން | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952915 އަށެވެ. އީ-މެއިލް ކުރާނީ
[email protected] އަށެވެ.
01 ސަފަރު 1441
30 އޮކްޓޯބަރ 2019
 
                    