މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

މަޤާމް

އޮފީސް އެސިސްޓެންޓް   

މަގާމުގެ ނަންބަރު:

J 230586

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް /  އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ:

-/3470  ރުފިޔާ

ސަރވިސް އެލަވަންސް:

-/1000  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

-/1200 ރުފިޔާ

މަގާމުގެ ޝަރުތު

 1. ލިޔަންކިޔަން އެނގުން.   ނުވަތަ

 2. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.    

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 1. ރަސްމީ ދުވަސްތަކާއި ނުރަސްމީ ވަގުތު ތަކުގައި އޮފީސް ހުޅުވާ ލައްޕަންޖެހިއްޖެ ހާލަތްތަކުގައި އޮފީސް ހުޅުވާ ލެއްޕުން
 2. ކޮންމެ ދުވަހެއްގެ ހެނދުނު މީޓިންތައް ފެށުމުގެ ކުރިން މީޓިންރޫމްތަކުގެ ގޮޑިތައް ތަރުތީބުކު ރެއްވުމާއި މީޓިންގ ރޫމުތައް ސާފުކރަންޖެހޭ ހާލަތްތަކުގައި މީޓިންގ ރޫމްސާފުކުރުން
 3. ކޮންޓްރެކްޓް އުސޫލުން އޮފީހާއި އޮފީހުގެ ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުމަށްޓަކައި ހަވާލުކުރެވިފައިވާ ފަރާތްތަކުން އެމަސައްކަތް އެމަސައްކަތް ކުރަމުންދާގޮތް ބަލާ މޮނިޓަރ ކުރެއްވުމާއި އެމަސައްކަތް ކުރުވުން
 4. މިނިސްޓްރީން އެކި އެކި ކަންކަމާއިގުޅިގެން ނަގަންޖެހޭ ފައިސާނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން
 5. އިމާރާތުގެ މަރާމާތުގެ އޭސީ ސިސްޓަމް ، ފަޔަރ އެލާމްސިސްޓަމް އަދި ލިފްޓް ސަރވިސް މަސައްކަތް ހިންގަމުންދާއިރު މަސައްކަތް ކުރަމުންދަނީ އެމަސައްކަތާއި ގުޅިގެން ހަދާފައިވާ ކޮންޓްރެކްޓް އެގްރިމެންޓާއި އެއްގޮތައްތޯ ބެލުމާއި އެމަސައްކަތް ކުރުވުމުގައި އޮފީހުން ދޭންޖެހޭ އެހީތެރިކަން ދިނުން.
 6. މިނިސްޓަރުންނާއި މިނިސްޓަރުގެ ދަށުން ތިއްބަވާ ނައިބުން ފެންވަރުގެ ބޭފުޅުންނާއި ޕާމަނަންޓް ސެކްރެޓެރީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ތަކާއި ގުޅިގެން އެއަރޕޯޓަށް ގެންދަންޖެހޭ ލަގެޖް ގެންދިއުމާއި ގެނައުން
 7. އޮފީހުގެ އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ސިޓީ ކާރޑް ފަދަ އެއްޗެހި ގެންދިޔުން
 8. އޮފީހުގެ އޭސީ އާއި ލައިޓްތައް ނިއްވާ ބެލެހެއްޓުން
 9. އޮފީހުގެ ޖާގަ ހެދުމާއި ގޮޑި މޭޒު ތަރުތީބު ކުރުމަށް އެހީތެރިކަން ދިނުން
 10. އޮފީހުގެ ބޭނުމަށް ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުން
 11. އޮފީހުގެ ބެހެއްޓިފައިހުންނަން ފެންކޫލަރުތަކަށް ފެންފުޅިޖެހުމާއި އޮފީހުގެ ހަރުކޮށްފައިހުންނަ ލައިޓެއް އަދައިފިނަމަ އެލައިޓެއް ޖެހުން
 12. އޮފީހުގެ ފަރާތުން މާލެއާއި ރާއްޖެތެރޭގެ އެކިރައްރަށުގައި ބޭއްވޭ ރަސްމިއްޔާތު ތަކާއިގުޅިގެން އެތަންތަނަށް ފޮނުވަންޖެހޭތަކެތި އުޅަދަކަށް ލާންޖެހިއްޖެނަމަ އެމަސައްކަތުގައި އެހީތެރިވެދިނުން
 13. މިނިސްޓްރީގެ އެއްގަމު އުޅަދާއި ކަނޑު އުޅަދުފަހަރުގެ ރޯޑުވާދިނަސް ހެއްދުމަށް ގެންދަންޖެހޭ ތަންތަނަން ގެންދިއުމާއި އެއުޅަދުތަކުގެ އަހަރީފީ އާއި އިންސުއަރެންސް ހެއްދުމުގައި އެހީތެރިވެދިނުން
 14. މިނިސްޓްރީގެ ސްޓޮކްރޫމުތައް ތަރުތީބުކޮށް ބެލެހެއްޓުމުގަ އެޑްމިން ސެކްޝަނަން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުން ދިނުން
 15. މި ނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

 1. މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
 2. ގިނައިރު މަސައްކަތުގއި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
 3. އިސްނެގުމުގެ ހުނަރު.
 4. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  
 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
  (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019  އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 13 އޮކްޓޯބަރ 2019 އާއި 30 އޮކްޓޯބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,3018328،3018329 އަށް ގުޅުއްވުން އެދެމެވެ.

                         1 ޞަފަރު    1441

                         30 ސެޕްޓެމްބަރ  2019    

30 ސެޕްޓެންބަރު 2019
ހޯދާ