ދިވެހިރާއްޖެ
a
އިނގުރައިދޫސްކޫލް Inguraidhoo school
ރ. އިނގުރައިދޫ، ދިވެހިރާއްޖެ R.Inguraidhoo / Republic of Maldives
ނަންބަރު: GS124/IUL/2019/17
އިޢުލާން
| 
 މަޤާމް:  | 
 މަސައްކަތު  | 
|
| 
 ބޭނުންވާ އަދަދު:  | 
 01  | 
|
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ ( 3 މަސް )  | 
|
  | 
 އެސް. އެސް 1  | 
|
| މަޤާމުގެ ކްލެސިފިކޭޝަން: | 
 ސަޕޯރޓް ސްޓާފް ގްރޭޑް 1  | 
 
  | 
| ސެކްޝަން: | 
 އިދާރީ  | 
 
  | 
| މަޤާމް އޮތް އޮފީސް: | 
 އިނގުރައިދޫ ސްކޫލް  | 
|
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | 
 އިނގުރައިދޫ ސްކޫލް / ރ. އިނގުރައިދޫ  | 
|
| މުސާރަ : | 
 މަހަކު -/3،100 ރުފިޔާ  | 
|
| 
 ސަރވިސް އެލެވަންސް: ސަޕޯރޓިން ކޯ އެލެވަންސް:  | 
 މަހަކު -/1،000 ރުފިޔާ މަހަކު 1200/- ރުފިޔާ  | 
|
| 
 އިތުރު ޢިނާޔަތްތައް:  | 
  | 
|
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
 1- ދަރިވަރުންގެ ފާޚާނާތައް ސާފުކުރުން. 2- ހުރިހާ އިމާރާތެއްގެ ވަށާފާރާދޭތެރޭގައިވާ ސަރަހައްދު އަދި އޮފީހުގެ ދެކުނަށް އޮތް ސަރަހައްދު ކޮންމެ ދުވަހަކު ކުނިކެހުން. 3- އޮފިހާއި ސްޓާފުރޫމުގައި ހުރި ކޮމްޕިއުޓަރ ތަކާއި މެޝިންތައް އަދި ކަބަޑުތަކާއި ލޮކަރުތަކުން ކޮންމެ ދުވަހަކު (ސްކޫލްގައި ކިޔެވުން އޮންނަ ދުވަސްދުވަހު) ހިރަފުސް ފޮޅާ ސާފުކުރުން. 4- ކްލާސްތައް ނިމުމުން ކްލާސްތެރެ ސާފުކޮށް މޮޕްލުން. 5- އޮފިހާއި ސްޓާފް ރޫމް ސާފްކޮށް ތަޅުމުގައި މޮޕްލުން. 6- މެންދުރުފަހު ޝެޝަން ނިމުމުން ރޭގަނޑު ކްލާސްތަކުގެ ޑަސްބިންތައް އުކާލުމާއި ކްލާސްރޫމުތަކުގެ ކުރިމަތި ސާފުކުރުން. އަދި ކުނިނުކަހާ ކްލާހެއް އޮތްނަމަ ކުނިކެހުން. 7- ސްކޫލް ހުޅަނގު ފަރާތް ( ކުޅޭ ބިމުގެ އުތުރު ކަނުން ފެށިގެން ސްކޫލުގެ ދެކުނު ކަނާއި ހަމައަށް، އަދި ސްކޫލް ދެކުނު ފަރާތު މަގުމައްޗަށް އޮތްބައި ) އާދިއްތަ، އަންގާރަ އަދި ބުރާސްފަތި މިތިން ދުވަހު ކުނިކަހާ ސާފުކުރުން. 8- ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ސްކޫލް ގޯތިތެރެ ކުނިކެހުމާއި އެންމެހާ އިމާރާތްތަކުގެ ދޮރާއި ދޮރުފަތް އަދި ބިއްލޫރިތައް ސާފުކުރުން. 9- ހަފްތާއަކު މަދުވެގެން އެއް ފަހަރު އޮފީހާއި ސްޓާފް ރޫމް އަދި ކްލާސް ރޫމްތަކުގެ ފަންކާތަކުން ހިރަފުސް ފޮހެ ސާފުކުރުން. 10-ސްކޫލުން ބޭނުންވެގެން އަންގައިފި ހިނދެއްގައި މާލެއާއި އެހެނިހެން ރަށްރަށުން ސްކޫލަށް ގެންނަ ތަކެތި ބަނދަރު ދޮށުން ސްކޫލަށް ގެނައުން. 11-ސްކޫލުން ފާހަގަކުރާ ދުވަސްތަކާއި ރާވާ ހިންގާ ތަފާތު މުބާރާތްތަކަށް އެހީތެރިވެދިނުން. 12- ސްކޫލުގެ ބެލުމުގެ ދަށުގައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.  | 
|
| މަޤާމުގެ ޝަރުޠުތައް: | 
 - ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން  | 
|
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 - ލިބިފައިވާ ތައުލީމާއި ތަމްރީނަށް - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު  | 
 
  | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ފޯމް.  | 
 
  | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 
 ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޯބަރ2019 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، އިނގުރައިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
|
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | 
 މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 އޮކްޓޯބަރ 2019 އާއި 15 އޮކްޓޯބަރު 2019 އާއި ދެމެދު، އިނގުރައިދޫ ސްކޫލް ގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
 
  | 
| ޝޯޓް ލިސްޓްކުރުން: | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
 
  | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ | 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %35 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. 
  | 
 
  | 
| އިތުރު މަޢުލޫމާތު ހޯދުން: | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580002 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. 1 ޞަފަރު 1441 30 ސެޕްޓެންބަރު 2019 
 
 
 
 
 
 
 
 
 
 
  | 
|
| 
 ސަޢީދު އިބްރާހީމް ( ޕްރިންސިޕަލް )  | 
 
  | 
