މަތިވެރީ ޞިއްޙީ މަރުކަޒު/ އއ. މަތިވެރި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު: SM-U5/I/2019/04

ވަޒީފާގެ ފުރުޞަތު

މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމްގެ ނަމްބަރ:

-

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ (06 މަސް ދުވަސް)

މަޤާމުގެ ރޭންކް

ޖީ.އެސް.3 (GS-03)

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

އެޑްމިން

މަޤާމް އޮތް އޮފީސް

އއ. މަތިވެރި ޞިއްޙީމާރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. މަތިވެރި ޞިއްޙީމާރުކަޒު

މުސާރަ:

 -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1500 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2

 -/700 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1. ރަސްމީ ކޮންމެ ދުވަހަކުވެސް ގަޑިޖެހުމުގެ 10 މިނިޓްކުރިން އޮފީސް ހުޅުވުމާއި، ބަންދު ކުރަންޖެހޭ ގަޑީގައި އޮފީސް ބަންދުކުރުން. އަދި ދިމާވާ އިމަރޖެންސީތަކުގައާއި، ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އެގަޑިއަށް އޮފީސް ހުޅުވަން އަންގައިފިނަމަ އޮފީސް ހުޅުވާ ބަންދުކުރުން.

2. ސިޓީ، މެސެޖް ފަދަ ތަކެތި އެންޓްރީކުރުމާއި، ލިޔަންޖެހޭ ސިޓީއާއި، މެސެޖް، ޔައުމިއްޔާ ފަދަ ލިޔުންތަކާއި އަދި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. ފައިލްކުރުމުގެ މަސައްކަތް ކުރުން.

4. ބިދޭސީ މުވައްޒަފުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

5. މުވައްޒަފުންގެ ފެންވަރުބަލާ ފޯރމްތަކާބެހޭ ކަންތައްތައް ކުރުމާއި، ފޮނުވަންޖެހޭ މުއްދަތަށް ފޯރމްތައް ފޮނުވުން. އަދި ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

6. ސްޕަވައިޒް ކުރުމަށް ހަވާލުވެފައިވާ މުވައްޒަފުން ޒިންމާ ފުރިހަމަކުރޭތޯބަލައި މޮނިޓަރ ކުރުން.

7. މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، އެއްބަސްވުންތައް އަންނަ އުނިއިތުރަކާއި އެއްގޮތަށް ތައްޔާކުރުން.

8. ބޭއްވޭ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުން.

9. ދިމާވާ ބައެއްހާލަތްތަކުގައި ކޭޝިއަރ އަދި ރިސެޕްޝަނިސްޓްގެ މަސައްކަތްތައް ކުރުމާއި، ބައެއްހާލަތްތަކުގައި ސެކްޝަނުގެ ޒިންމާތަކާއި ހަވާލުވެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުން.

10. ޞިއްޙީމަރުކަޒުގައި ހެދިފައިހުންނަ ޤަވާއިދުތައް، ތަންފީޒުކުރުމަށާއި ދެމެހެއްޓުމަށް އެއްބާރުލުންދިނުން.

11.މީގެ އިތުރުން ޞިއްޙީމަރުކަޒުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

 

މަޤާމުގެ ޝަރުތު

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 

ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ގައި ހިމެނޭ ބައިތަކަށް (" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އިން) އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަމުގައި ކަނޑައަޅާ ގޮތަށް.

 

މިގޮތުން ބެލޭނެ ކަންތައްތަކަކީ:

  • ތަޢުލީމާއި ތަމްރީނު (ލިބިފައިވާ ތަޢުލީމް / ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީނު).
  • މަސައްކަތުގެ ތަޖުރިބާ (ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ).
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-           މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރ 2019 ވާ ބްރާސްފަތިދުވަހުގެ 13:30 ގެ ކުރިން، އއ.މަތިވެރި ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

-          އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

-          މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 އޮކްޓޯބަރު މަހުގެ ތެރޭގައި މިމަރުކަޒުގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އޮކްޓޯބަރު މަހުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-          މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-          މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660858  ނަންބަރު ފޯނަށެވެ.

 

                            01  ޞަފަރު  1441  

30 ސެޕްޓެންބަރު 2019
ހޯދާ