ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ހުޅަނގުބައި ޢިމާރާތް ކުރުމާއި ބެހޭ

މިކައުންސިލްގެ ހުޅަނގުބައި ޢިމާރާތް ކުރުމާއި ބެހޭ

15 ސެޕްޓެންބަރު 2019ގައި އާންމުކުރެވުނު އިޢުލާން ނަންބަރު (IUL)396-A/2019/31 ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް މީހުން ހާޟިރުނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން މިކައުންސިލް އިދާރާގެ ހުޅަނގުބައި އަމިއްލަ ތަކެތީގައި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 09 އޮކްޓޫބަރު 2019 ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 16 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އައި.ޑީ. ކާޑުގެ ސާފު ކޮޕީއެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ގެންނަވަން ވާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

30 ސެޕްޓެންބަރު 2019
ހޯދާ