ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލާއި ގޭހުގެ މަސައްކަތަށް ބިން ދޫކުރުން

މިރަށުގެ ބަނދަރުގެ ދެކުނު ކޮޅުން ތެލާއި ގޭހުގެ ވިޔަފާރިކުރުމަށްޓަކައި އަލަށް ބިންނަގައިގެން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން 03 ބިން ކުއްޔަށްދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ތެލާއި ގޭހުގެ ވިޔަފާރިއަށް ދޫކުރާ ބިންތައް ކުއްޔަށްދިނުމާގުޅޭ ބީލަން ކަރުދާސް 2019 އޮކްޓޫބަރު 01 ވާ އަންގާރާ ދުވަހުގެ 10:00 ން ފެށިގެން 2019 އޮކްޓޫބަރު 09 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ކަރުދާސް އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ  ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއް ބީލަން ކަރުދާހެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2019
ހޯދާ