ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު 

މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމް:

ފައިނޭންސް އޮފިސަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ.އެސް.4

މަޤާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ކައުންސިލް ކޯޕަރޭޓް ސާރވިސް ސެކްޝަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ.

އަސާސީ މުސާރަ:

5,020.00ރ

ސަރވިސް އެލަވަންސް:

1,500.00 ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް:

3,000.00ރ (ޕްރޮބޭޝަނަށް ފަހު)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1.      މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

ނުވަތަ

2.      މަތީސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

ނުވަތަ

3.      ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

·         އެކައުންޓިންގ ދާއިރާ

·         ފައިނޭންސް ދާއިރާ

·         އެޑްމިނިސްޓްރޭޝަން ދާއިރާ

ތަޢުލީމީ ރޮނގުތައް:

·         އެކައުންޓިންގ

·         ފައިނޭންސް

·         ބިޒްނަސް މެނޭޖްމަންޓް

·         އެޑްމިނިސްޓްރޭޝަން

·         މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 5ގެ ސަނަދެވެ. އަދި ލެވެލް 6ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.

·         މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.  

·  ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ކައުންސިލްތަކުގެ ޕޭމަންޓް ވައުޗަރތައް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުމަށް ޕާކްކުރާރުމާއި، ދިމާވާ މައްސަލަތައް ކައުންސިލާއި މިނިސްޓްރީ އޮފް ފިނޭންސް އާއި ކޯޑިނޭޓްކޮށް ހައްލުކުރުމުގެ މަސައްކަތް ކުރުން. އަދި ޕޭމަންޓް ވައުޗަރތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2.   މާލީ އަދި އިދާރީ އެހެނިހެން ކަންކަމުގައި ކައުންސިލްތަކަށް އެހީތެރިވުމާއި، އޮތޯރިޓީން ދޭންޖެހޭ ލަފާދިނުމުގެ އެންމެހާ އިދާރީ މަސައްކަތްކޮށް ބެލެހެއްޓުން.

3. އެލް.ޖީ.އޭގެފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

4.      ކައުންސިލް އުފެއްދުމަށް އެލް.ޖީ.އޭ އިން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

5.      ކައުންސިލަރުން އިންތިހާބު ކުރުމާއި ހުވާކުރުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި ބެލެހެއްޓުން.

6.      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާގުޅޭ އެންމެހާ އިދާރީ މަސައްކަތް ކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ގުޅިގެން އެލް.ޖީ.އޭ އިން ބަލަހައްޓަންޖެހޭ ލިޔެކިއުން ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

7.      ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ

5.      ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6.      ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

·  ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ  ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

·         ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.

·         ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

·         މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: 40%

-          މަސައްކަތު ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

·         މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

·         މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައްމި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން  [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އި-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

·         އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

·         ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

·         މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.

·         ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.

·         އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

30 ސެޕްޓެންބަރު 2019
ހޯދާ