ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

ޢިޢުލާން

ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގުމަށް އެކަށީގެންވާ، 10,000 (ދިހަހާސް) އަކަފޫޓުގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު

IUL)195-A-GA/1/2019/14) (09 ސެޕްޓެންބަރު 2019) އާއި ނަންބަރު(IUL)195-A-GA/1/2019/19  (16 ސެޕްޓެމްބަރ 2019)

އިޢުލާނާ ގުޅިގެން 10,000 (ދިހަހާސް) އަކަފޫޓްގެ އިމާރާތެއް ވަނީ ލިބޭގޮތް ނުވެފައެވެ. ވީމާ ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގުމަށްޓަކައި

6,000 (ހަހާސް) އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

ޖުޑީޝަލް ސަރވިސް ކޮމިޝަން (މ.ތީމުގެ، އާބުރުޒުހިނގުން) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ

މަޢުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އިޢުލާނާއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3340614، 7779831 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2019
ހޯދާ