ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޕީޑް ލޯންޗް ދަތުރުކުރުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 29 ސެޕްޓެންބަރު 2019 1152 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި ބިއުރޯގެ ފަރާތުން އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރވޭގެ މަސައްކަތައް ތިރީގައި މިދަންނަވާ ރަށްތަކަށް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ދަތުރު ތަފްޞީލް.

ފުރަތަމަ ދަތުރު: މާލެ/އދ.ހަންޏާމީދޫ/އދ.ކުނބުރުދޫ/އދ.އޮމަދޫ/އދ.މަހިބަދޫ/އދ.ދަނގެތި

ފުރާތާރީޚް: 4 އޮކްޓޯބަރު 2019

މީހުންގެ އަދަދު: 12 މީހުން

 

ދެވަނަ ދަތުރު: އދ.މަންދޫ/އދ.ފެންފުށި/އދ.ދިއްދޫ/އދ.މާމިގިލި/އދ.ދިގުރަށް/މާލެ.

މާލެ އަންނަ ތާރީޚް: 22 އޮކްޓޯބަރު 2019

މީހުންގެ އަދަދު: 12 މީހުން

 

 ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް( ދާރުލް އީމާން ބިލްޑިނގް 9 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މިގަޑީގެ ފަހުން ގެންނަ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

އަގު ހުށަހަޅާއިރު ސަމާލުކަން ދޭންވީކަންކަން.

 

-          ކޮމްޕެނީއަކުން ހުށަހަޅާނަމަ، ކޮމްޕެނީގެ ރަޖިސްޓްރީ ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ކޮޕީ.

-          އަގު ހުށަހަޅާނީ 2 ދަތުރުގެ އަގު ވަކިން ދެ ކޯޓޭޝަންގައެވެ. އަދި ކޮންމެ ކޯޓޭޝަނެއްގައި ޖިއެސްޓީ ހިމަނައިގެން ޖުމްލަ އަގު އެނގެން އޮތުން.

-          ދަތުރުކުރާ ލޯންޗަކީ ރައްކާތެރިކަމާއިއެކު އެންމެނަށް ދަތުރުކުރެވޭނެ އެކަށީގެންވާ ފެންވަރެއްގެ ލޯންޗަކަށްވުން.

 

ދަތުރުތައް ކުރުމަށް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު./3008414 /3008400 އަށް ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2019
ހޯދާ