މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
20 – 24 އޮކްޓޯބަރ 2019 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބަރތް ޑިފެކްޓްސް ސަވައިލަންސް ސިސްޓަމް އަދި ރެޖިސްޓަރީ ރިވިއު" ވޯކްޝޮޕްގެ ކޭޓަރިންގ އަދި ހޯލްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

      20 – 24 އޮކްޓޯބަރ 2019 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބަރތް ޑިފެކްޓްސް ސަވައިލަންސް ސިސްޓަމް އަދި ރެޖިސްޓަރީ ރިވިއު" ވޯކްޝޮޕްގެ ކޭޓަރިންގ އަދި ހޯލްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 3 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00  ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

27 މުހައްރަމު 1441

26 ސެޕްޓެންބަރު 2019
ހޯދާ