މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާން

މަޤާމް

ޕްރޮގްރާމް އޮފިސަރ   

މަގާމުގެ ނަންބަރު:

J 266297

ބޭނުންވާ އަދަދު:

1    

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / އެނަރޖީ ޑިޕާޓްމަންޓް    

މުސާރަ:

-/6295  ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,203/25 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

1762/60 ރުފިޔާ

މަގާމުގެ ޝަރުތު

  1. އެނާޖީ އިންޖިނިއަރިންގ ނުވަތަ އެންވަޔަރަންމެންޓަލް ސައިންސްގެ  މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މެދުކެނޑުމެއްނެތި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ހިންގޭ މަޝްރޫޢުތައް ޕްލޭން ކުރުމާއި ހިންގުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  2. ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ހަދަންޖެހޭ އިޤްތިޞާދީ ދިރާސާ ހަދާ އައި ފަންނީ ލަފާ ދިނުން.
  3. ބޭރުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މަޝްރޫޢުތައް  ހިންގުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަލްކިއުލޭޝަންތައް ހެދުން.
  5. ކަރަންޓު ފޯރުކޮށްދޭ ހައިބްރިޑް ނިޒާމުތަކުގެ ޑިޒައިން ހަދާ، ކޮންސަލްޓެންޓުން ހަދާ ޑިޒައިންތައް ދިރާސާކުރުން.
  6. ކަރަންޓުގެ ޓެރިފް ރިވިއުކުރުމަށް ބޭނުންވާ ކަލްކިއުލޭޝަންތައް ހެދުމަށް އެހީތެރިވުން.
  7. ޕޮލިސީ އަދި ގާނޫނުތަކާއި ގަވާއިދުތައް އަދި އެ ގާނޫންތަކުގެ ދަށުން ހަދަންޖެހޭ އުޞޫލުތަކާއި ހެދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުން.
  8. ރިނިއުއެބްލް އެނަރޖީ ޓެކްނޮލޮޖީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް  ރާވާ ހިންގުމާއި މިފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  9. މީޓިންގ/ވަރކްޝޮޕްތަކުގައި ބައިވެރިވެ ފަންނީ ލަފާ އަދި މައުލޫމާތު ފޯރުކޮށްދިނުން.
  10. ޔުނިޓް ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، ރަނގަޅު މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
  3. މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް ހައްލުކުރަން މަސައްކަތްކުރުމާއިއެކު، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުން.
  4. ހަކަތައިގެ ދާއިރާގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތީން ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް އެކުލަވާލައި، ފައިނޭންސިންގ އަދި އިމްޕްލިމެންޓިންގ ޕްލޭން ތައްޔާރުކޮށް ޕްރޮޕޯސަލް ހަދައި ހުށަހެޅުން.
  5. ބޭރުގެ އެކި ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެފަރާތްތަކަށް ޖަވާބުދިނުން
  6. ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކިއެކި ފޯރަމްތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.
  7. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019  އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 10 އޮކްޓޯބަރ 2019 އާއި 24 އޮކްޓޯބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,30183263018329 އަށް ގުޅުއްވުން އެދެމެވެ.

                        27 މުޙައްރަމް  1441

                        26 ސެޕްޓެމްބަރ 2019    

26 ސެޕްޓެންބަރު 2019
ހޯދާ