މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ކޮންޓްރޯލް ދަށުގައިވާ އުޅަނދުފަހަރަށް މީހުން ގޮސްއައިސްވުމާއި ތަކެތި އަރުވާ ބޭލުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ކުރެވޭނެގޮތަށް ހަމަޖެއްސުން.

ޚާއްސަ  ދަންނަވާލުމެއް

 

            ކަސްޓަމްސް ކޮންޓްރޯލް ދަށުގައިވާ އުޅަނދުފަހަރަށް މީހުން ގޮސްއައިސްވުމާއި ތަކެތި އަރުވާ ބޭލުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ކުރެވޭނެގޮތަށް ހަމަޖައްސައިފީމެވެ.

  • ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 7:30 އިން ރޭގަނޑު 10:00 އަށް
  • ހުކުރު ދުވަހު ހެނދުނު 7:30 އިން 11:00 އަށް އަދި މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް

ޚާއްސަ ހާލަތެއް މެދުވެރިވެ ކޮންމެހެން އުޅަދުފަހަރަށް ގޮސްއައިސްވުމާއި ތަކެތި އަރުވާ ބާލަން ޖެހިއްޖެނަމަ  އިސްވެދެންނެވުނު ގަޑިތައް ފިޔަވާ އެހެންގަޑި ތަކުގައިވެސް އެސް.އެސް.އައި ޑިއުޓީ މޯބައިލް 7951549 އަށް ގުޅުއްވުމުން ޚިދުމަތް ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ. މީގެ ތެރޭގައި ބޯޓުފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމަށް ދާ އުޅަނދުފަހަރު ނުހިމެނޭނެއެވެ.

ވީމާ، މިކަން ޚިދުމަތް ހޯދާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.    

 

            26 ސެޕްޓެމްބަރ  2019

26 ސެޕްޓެންބަރު 2019
ހޯދާ