ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގް ޔުނިޓް އިމާރާތްކުރުމާއި ބެހޭ

                  ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ހައުސިން  ޔުނިޓް ޢިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދެންނެވި މަޝްރޫޢުގައި ހިމެނެނީ ރޯހައުސް އާއި ފުލެޓް ޢިމާރާތްކޮށްދިނުމާއި، ދިރިއުޅުމަށް އެކަށީގެންވާވަރަށް ގެ ޢިމާރާތް ނުކުރެވިހުރި ގޯތިތަކުގައި ގެ ޢިމާރާތް ކޮށްދިނުމެވެ.

                  ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ޕްލޭން ކުރެވިފައިވަނީ ޔުނިޓެއްގެ ބޮޑުމިނުގައި ގާތްގަނޑަކަށް 900 އަކަފޫޓް (3 ކޮޓަރީގެ) އަދި ހައުސިން ޔުނިޓް އަޅާ ގޯތީގެ ބޮޑުމިން ގާތްގަނޑަކަށް 1400 އަކަފޫޓް ހަމަވާގޮތަށެވެ.  އަދި ގޯތީގައި ގެ ޢިމާރާތް ކުރުމަށް އެދޭ ގޯއްޗަކީ ގެ އަޅައިދިނުމަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗެއްކަމުގައި ވާންވާނެއެވެ. މިމަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ހައުސިންގް ޔުނިޓްތަކަށް ފައިސާ ދައްކައި ނިންމުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރުދުވަހެވެ.

                  ވިމާ، މިދެންނެވި ގޮތުގެމަތިން ގޯތީގައި ގެ ޢިމާރާތް ކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކާއި، މިހާތަނަށް ގޯއްޗެއް ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން ރޯހައުސް ނުވަތަ ފްލެޓް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ  2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ބަލައިގަތުން ކުރިއަށްދާނީ ބަނދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެނދުރުފަހު 2:00 އާއި ދެމެދު އެވެ. ހައުސިންގް ޔުނިޓަށް އެދޭ ފޯމް 29 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

                  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780039 ނަންބަރު ފޯނާއެވެ.

25 ސެޕްޓެންބަރު 2019
ހޯދާ