ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ އެޅުމާގުޅޭ

އިޢުލާން

ނަރުދަމާ އެޅުމާގުޅޭ

ކިނބިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، އެމަސައްކަތާ ޙަވާލުވެފައިވާ ސްޓެޓިކް ކޮމްޕެނީން ދަނީ ތައްޔާރުވަމުންނެވެ. މިޚިދުމަތް ދޭނެކަމަށް މިކައުންސިލަށް މަޢުލޫމާތު ލިބިފައިވަނީ މިދަންނަވާ ގޮތުގެމަތިންނެވެ.

  • ޢިމާރާތާއި ގޯތި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ގޯތިތެރޭގައި ކަނެކްޝަން ޖަންކްޝަން ބަހައްޓައިދިނުން.
  • ރަޖިސްޓަރީ ކޮށްފައިވާ ގޯތިތަކަށް ކަނެކްޝަން ނެގުމަށް، އެ ގޯއްޗަކާ ދިމާލަށް އެގޯއްޗަކަށް ކަނެކްޝަން ނަގާނެ ޓީޕޮއިންޓް މައިހޮޅީގައި ހަރުކުރުން.
  • ރަޖިސްޓަރީ ނުކުރާ ގޯތިތަކާއި ތަރިކައިން އަދި ވާރުތައިން ލިބިފައިވާ ބިންތަކުގެ ތެރެއިން ރަޖިސްޓަރީ ނުހައްދާ ބިންތަކަށް ކަނެކްޝަން ޖަންކްޝަން ނުވަތަ ކަނެކްޝަން ޓީ ދޭގޮތަކަށް ހަމަޖެހިފައެއްނެތެވެ.
  • ރަށުން ދުކޮށްފައިހުރި ހުރިހައި ގޯއްޗެއްގެ ވަށައި މަގު ސާފުކުރެވިފައި ހުރުން.

ކުރިއަށްއޮތް 1 މަސްދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީއާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުހައްދާފަރާތްތަކުން ރަޖިސްޓްރީތައް ހެއްދުމަށާއި ވަށައި މަގުސާފުކުރުމަށާއި ގޯތީގެ އިން ވަކިކުރުމަށް އެންގީމެވެ.

އަދި ދަންނަވަމެވެ. ރަޖިސްޓަރީ ނުހެއްދިގެންނާއި އިން ވަކިނުވުގެ ސަބަބުން ނަރުދަމާގެ ޚިދުމަތް ނުލިބިގެން ދިމާވާ އެއްވެސް ކަމެއްގައި މިކައުންސިލުން ޒިންމާ ނެގެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

26   މުޙައްރަމް   1440

25  ސެޕްޓެމްބަރ  2019

25 ސެޕްޓެންބަރު 2019
ހޯދާ