ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލުގެ މަސައްކަތު މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

މަސައްކަތު

މަޤާމްގެ ނަންބަރު:

J-253403

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. އަތޮޅުހޮސްޕިޓަލް

މުސާރަ:

-/3100 ރުފިޔާ

ސަރވިސްއެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ހޮސްޕިޓަލުން ކަނޑައަޅާ ގޯތިތެރެއާއި ޢިމާރާތް ދުވަހުން ދުވަހަށް ކުނިކަހާ ފޮޅާ ސާފުކުރުން.
  2. ހޮސްޕިޓަލުން ކަނޑައަޅާ ހޮސްޕިޓަލާއި ، ހޮސްޕިޓަލާއި ގުޅުން ހުރި ޢިމާރާތްތަކުގެ ބިއްލޫރިތައް ހޮސްޕިޓަލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.
  3. ހޮސްޕިޓަލުން ކަނޑައަޅާ ހޮސްޕިޓަލާއި ، ހޮސްޕިޓަލާއި ގުޅުން ހުރި ޢިމާރާތްތަކުގެ ފުރާޅު އަދި ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.
  4. ހޮސްޕިޓަލްގެ ސެކްޝަންތަކުގެ ފަންކާތައް މަހަކު 2 ފަހަރު ސާފްކޮށް ބެލެހެއްޓުން
  5. އޯ ޕީ ޑީ އޭރިއާ ކައުންޓަރ، ގޮޑިތައް، ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  6. ހޮސްޕިޓަލްގެ ގޯތިތެރޭގައި ފަޅާ ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން
  7.  ހޮސްޕިޓަލްގެ ގޯތިތެރޭގައި ގަސްއިންދާ ހެއްދުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެ މަތިން އޮފީސް ޢިމާރާތާއި އެހެނިހެން ޢިމާރާތްތަކުގެ ފާޚާނާ ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން
  9. އޮފީހުގެ ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން.
  10. އެކިއެކި އޮފީސްތަކަށާއި އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ޙަވާލުކުރުން.
  11. ހޮސްޕިޓަލް އޮފީހުން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާ އާއި ލިޔުންތައް ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން ޙަވާލުކުރުން.
  12. ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން ތަކެތި ހޮސްޕިޓަލަށް ގެނެސް ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުން.
  13. ހޮސްޕިޓަލުން އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ހޮސްޕިޓަލުން ކަނޑައަޅާ ތަންތަނަށް ގެންދިއުމާއި އަދި އަތޮޅުގެ މަރުކަޒުތަކުން ހޮސްޕިޓަލަށް ފޮނުވާތަކެތި ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރުން.
  14. ހޮސްޕިޓަލުން މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން އެންގުމާއި އަދި މުވައްޒަފުންނަށް ފޮނުވަންޖެހޭ ލިޔުންތައް މުވައްޒަފުންނަށް ރައްދުކުރުމުގެ މަސައްކަތް ކުރުން.
  15. އެޓެންޑެންޓުން ނުވަތަ ދޮންނަ މީހުން ނެތިއްޖެ ޙާލަތެއްގައި އެމުވައްޒަފުންގެ މަސައްކަތް ކުރުން.
  16. ހޮސްޕިޓަލްގެ ލޯންޑްރީގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.
  17. ޑިޔުޓީ ކުރަންޖެހިއްޖެނަމަ ކަނޑައެޅޭ ގޮތެއްގެމަތިން ޑިޔުޓީ އަދާކުރުން.
  18. ހޮސްޕިޓަލުން އަންގާ ގޮތެއްގެމަތިން ދިދަ ނަގާ ތިރިކުރުމުގެ މަސައްކަތް ކުރުން.
  19. ޖަލްސާ / ވޯކްޝޮޕް ފަދަ ޙަރަކާތްތަކަށް ހޯލް ތައްޔާރުކުރުމުގައި އެހީތެރިވުން.
  20. މީގެ އިތުރުންވެސް  ރަސްމީ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. 

މަޤާމުގެ ޝަރުތު

 

  1. ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގުރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް ( މިފޯމް ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި، އީ މެއިލް އެޑްރެސް ހިމެނޭގޮތަށް. )
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރު 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 އޮކްޓޯބަރު 06 ން 24 އާއި ދެމެދު ނ. އަތޮޅުހޮސްޕިޓަލް ގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފައަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރާނީ  [email protected]   އަށެވެ.

25 ސެޕްޓެންބަރު 2019
ހޯދާ