މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ކްރިއޭޓިވް ޑައިރެކްޓަރ (ވަގުތީ)

މަޤާމް:

ކްރިއޭޓިވް ޑައިރެކްޓަރ (ވަގުތީ)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް / މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ، މާލެ

މުސާރަ:

-/83 ރުފިޔާ (މަސައްކަތް ކުރާ ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގާ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގައި ހިމެނޭ ނޭޝަނަލް އާޓް ގެލެރީ ގެ މެންޑޭޓްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށްޓަކައި، ނޭޝަނަލް އާޓް ގެލެރީ އިން އެކަނި ކުރިއަށްގެންދާ، ނުވަތަ ނޭޝަނަލް އާޓް ގެލެރީ އާއި ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ އާޓިސްޓިކް ފަންނުވެރިންނާއި ފަންނުވެރިކަމުގެ އެކިއެކި އިވެންޓްތަކުގެ ކޮންސެޕްޓް ތައްޔާރުކޮށް، ހަމަޖެހިފައި އޮންނަ އުޞޫލުން، ނޭޝަނަލް އާޓް ގެލެރީގެ އެނުއަލް ވަރކްޕްލޭންގައި ހިމެނުން.
  2. ނޭޝަނަލް އާޓް ގެލެރީގެ އެނުއަލް ވަރކްޕްލޭންގައި ހިމެނޭ، ނޭޝަނަލް އާޓް ގެލެރީން ހިންގަންޖެހޭ، ނުވަތަ ނޭޝަނަލް އާޓް ގެލެރީން އިސްނަގައިގެން ކުރިއަށް ގެންދަންޖެހޭ އިވެންޓްތައް ރާވާ ހިންގުން.
  3. ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ދާއިމީ ގޮތެއްގައި ޤާއިމުކޮށް، އެ ކަލެކްޝަން ތަރައްޤީ ކުރާނެ ގޮތްތައް ރާވާ، ވަކި ނިޒާމެއްގެ ދަށުން މި ކަންކަން ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން.
  4. ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ ކުރެހުމުގެ މައުރަޒުތައް ކިއުރޭޓް ކުރުމާއި، އެ މައުރަޒުތައް ބޭއްވުމަށް ބޭނުންވާ ލުއި ފޮތްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުން. 
  5. ނޭޝަނަލް އާޓް ގެލެރީ އާ ގުޅިގެން ކުރިއަށްގެންދިޔުމަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ އިވެންޓްތައް، ހަމަޖެހިފައި އޮންނަ އުޞޫލުން، ނޭޝަނަލް އާޓް ގެލެރީ ގެ ފަރާތުން ކުރިއަށް ގެންދާނެ ގޮތްތައް ރާވާ އެ ކަންކަން ހިންގުން.
  6. ނޭޝަނަލް އާޓް ގެލެރީގައި ހިންގާ ޕްރޮގްރާމްތައް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ބެލެހެއްޓުން.
  7. ދިވެހި އާޓިސްޓުންނާއި ފަންނުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން، ރާއްޖޭންނާއި ރާއްޖޭން ބޭރުން ހޯދާނެ ގޮތްތައް ރާވާ އިންތިޒާމުކުރުން. 

މަޤާމުގެ ޝަރުޠުތައް:

 

1 އިވެންޓް މެނޭޖްމަންޓްގެ ދާއިރާއިން ނުވަތަ މާކެޓިންގ ދާއިރާއިން ޑިޕްލޮމާ އާއެކު ޢަމަލީ މައިދާނުގައި ފަންނުވެރިންގެ އިވެންޓް ތަކުގެ ކްރިއޭޓިވް ޑައިރެކްޝަން ނުވަތަ އިވެންޓް މެނޭޖްމަންޓްގެ މަސައްކަތުގައި މަދުވެގެން 5 އަހުރުގެ ތަޖުރިބާ، ނުވަތަ ފަންނުވެރިންގެ އިވެންޓްތައް، ނުވަތަ ފަންނުވެރިކަމާ ގުޅުންހުރި އިވެންޓްތައް އިންތިޒާމުކޮށް ރާވާ ހިންގުމުގައި ނުވަތަ އެ ކަންކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރުމުގައި 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

2 އިވެންޓް ތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން އަދި ސްޕޮންސަރުން ހޯދުމާއި ބަޖެޓް އެކުލަވާލައި ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

3 އިވެންޓްތަކުގެ މަސައްކަތް ކުރުމުގައި ސަރުކާރުގައި މަސައްކަތް ކޮށްފައި ހުރުމަށް އިސްކަން ދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5 ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 02 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 07 އާއި 2019 އޮކްޓޯބަރ 31 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323209 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

24 ސެޕްޓެންބަރު 2019
ހޯދާ