މާޅެންދޫ މަދަރުސާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

`

 

 

 

މާޅެންދޫ ސްކޫލް 

 ނ. މާޅެންދޫ   

                                                     ނަމްބަރ:GS114/2019/23-IUL

އިޢުލާން

ވަޒީފާގެ ފުރުސަތު:

        މި ސްކޫލް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމް:   ރިލީފް ޓީޗަރ

 

ބޭނުންވާ އަދަދު: 1

 

ފެންވަރު ނުވަތަ ޝަރުތު:

       އެސް.އެސް.އީ އިމްތިޙާންގެ ދެ މާއްދާއިން ސީ ގްރޭޑް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައި ވުމާއިއެކު އޯލެވެލް އިމްތިޙާންގެ ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ ކިޔަވައިދިމުގެ ދާއިރާއިން ޤައުމީސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ޝަރުތު

މުސާރަ

އެލަވަންސް

ސާނަވީ ތަޢުލީމް ހާޞިލް ފުރިހަމަ ކުރުން ކަމަށްވާނަމަ

4500.00 ރުފިޔާ

1500.00 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން ކަމަށްވާނަމަ

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވައި ދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލް ކުރުން ކަމަށްވާނަމަ

6090.00 ރުފިޔާ

2500.00 ރުފިޔާ

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

 • ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން
 • ދަރިވަރުންނަށް އަމާޒުކޮށްގެން އިތުރު ޙަރަކާތްތައް ރާވައި ހިންގުން
 • ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން
 • ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުން.
 • ދަރިވަރުންގެ އުޅުމާއަޚުލާގު ގައުމީމަންޙަޖާ، ދިވެހިސަގާފަތާ ސްކޫލުގެ އަމާޒާ ތަސައްވަރުގައި ބަޔާކޮށްފައިވާގޮތައް ހޭނުވުން

ހުށައަޅަންޖެހޭ މަޢުލޫމާތު

 • ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ (މުއްދަތު ހަމަނުވާ) ކޮޕީއަކާއި ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯން ނަމްބަރާއިއެކު)
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ފުރިހަމަކުރުމަށްފަހުގައި)

އިތުރު މަޢުލޫމާތު

 • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6560575 މިނަންބަރު ފޯނާއެވެ. އީ މެއިލް: [email protected]

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.

 • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ ޢަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
 • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމް ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.
 • ތަޢުލީމާއި ތަމްރީން
 • މަސައްކަތުގެ ތަޖުރިބާ
 • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑި

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 2  އޮކްޓޫބަރ 2019  ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ހުށަހަޅާންވާނެއެވެ.

އިންޓަރވިއު ކުރެވޭނެ ތަނާއި ތާރީޚް

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ 3 އޮކްޓޫބަރ 2019  ވާ ބުރާސްފަތި ދުވަހު މި ސްކޫލުގައެވެ.  

                     ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

 

25 މުޙައްރަމް 1441

 

 

 

 

                                                              

 

`

 

 

 

 

24 ސެޕްޓެންބަރު 2019
ހޯދާ