ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑު އޮފް ހއ.އިހަވަންދޫ ހާބަރ އަޕްގްރޭޑް ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް 2 ގެ ކުއްޔަށް ހިފުން.

ނަންބަރު: IUL-248-ED/248/2019/97

 

އިޢުލާން

ޑިޒައިން އެންޑް ބިލްޑު އޮފް ހއ.އިހަވަންދޫ ހާބަރ އަޕްގްރޭޑް ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް  3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް 2 ގެ ކުއްޔަށް ހިފުން.

           ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ( އެމް.ޓީ.ސީ.ސީ ) ގެ މުވައްޒަފުން ތިބުމަށްޓަކައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް 2 ގެ ކުއްޔަށް ހިފުމަށް އެކުންފުނީގެ ފަރާތުން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް ގެ ކުއްޔަށް ދިނުމަށް ބޭނުންވާ އަގު ޖައްސަވާ 29 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

           އަގު  ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭ ގޮތަށް  ގެ ކުއްޔަށް ދިނުމުގެ އަގުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ. އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެގޭނެ އެފަރާތުގެ ސިޓީއެއް ހުށަހަޅަން ވާނެއެވެ. 

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 ސެޕްޓެންބަރު 2019
ހޯދާ