މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެތެރެ ބަނދަރުން ފައްތިޔާ ދޫކުރުމާއި ފީނެގުމުގެ އުޞޫލަށް ޢަމަލުކުރުމާއި ގުޅޭ

އިޢުލާން

ރަށުގެ އެތެރެ ބަނދަރުން ފައްތިޔާ ދޫކުރުމާއި ފީނެގުމުގެ އުޞޫލަށް ޢަމަލުކުރުމާއި ގުޅޭ

            ހިންމަފުށި ބަނދަރާއިބެހޭ ޤަވާޢިދު ނަންބަރު 2013/R-1122 ( 9 ޑިސެމްބަރު 2013 ) ގެ 3 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީބަނދަރުން ފައްތިޔާ ދޫކުރާނެ ސަރަޙައްދުތައް ކަނޑައެޅުމާއި، ފީނެގުމާއިބެހޭ ޤަޥާޢިދު ނަމްބަރ: 1108-R/2013 (9 ޑިސެމްބަރ 2014) އަށް ރިޢާޔަތް ކޮށް ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގެމަތިން   1 ޖެނުއަރީ 2020 ން ފެށިގެން ފައްތިޔާ ތަކަށް ފީނެގުމަށް ހަމަޖައްސައިފީމެވެ. ރަށުގެ ރައްޔިތުންގެ އުޅަނދުފަހަރާއި، ރައްޔިތުން ގެންގުޅޭ އެހެނިހެން އުޅަދުތަކަށް ދޫކުރެވޭ ފައްތިޔަލުގެ އަދަދު ކަނޑައަޅާނީ ކައުންސިލުންނެވެ.

            ފައްތިޔާ ދޫކުރާނީ މިހާރު ކައުންސިލުން އިޢުލާން ކުރުމުން ހުށަހަޅާފައިވާ ފަރާތްތަކަށާއި، އަދި މިއިޢުލާނާއި ގުޅިގެން އެކަމަށް އެދޭފޯމް ފުރިހަމަކޮށް ހުށަހަޅަމުން ގެންދާ ފަރާތްތަކުގެތެރެއިން  ރަށުގައި ދުއްވާ ރައްޔިތުންގެ އުޅަނދުފަހަރަށް އިސްކަންދީގެންނެވެ. އަދި މިނޫން އުޅަނދުތަކަށް ޖާގައޮތް މިންވަރަކުންނެވެ. ރަށުން ބޭރު އުޅަނދުފަހަރުގެ ތެރެއިން ފައްތިޔާ ދޫކުރެވޭނީ އެއުޅަނދު ދުއްވަނީ ސީދާ ރަށުގެ ރައްޔިތަކަށްވެފައި އޭނާގެ ބެލުމުގެ ދަށުން އެކަމަށް އެދޭފޯމް ހުށަހެޅުމުންނެވެ.  މަސްވެރިކަމަށް ޚާއްސަ ކުދިބޮއްކުރާ ފަދަ ކުދި އުޅަނދުތައް ފިޔަވާ ފައްތިޔާ ދޫކުރެވޭ ކޮންމެ އުޅަނދަކުން މިއުޞޫލުގެ ދަށުން ފީ ދައްކަންވާނެއެވެ. ފައްތިޔާ ދޫކުރެވެނީ ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

            ފައްތިޔާ ދޫކުރާސަރަހައްދު އަދިފީނަގަމުންގެންދާނީ  އަންނަނިވި ގޮތުގެމަތިންނެވެ.

1- ފެންއަރުވާ ބޭލުމަށް ޚާއްޞަ ސަރަޙައްދު: 

           ބަނދަރުގެ ދެކުނު ފަރާތު ފެންއަރުވާ ބޭލުމަށް މިސަރަހައްދު ޚާއްޞަ ކުރެވިފައިވަނީ މިރަށުގައި ހިންގާ ބޮޓަލިންގ ޕްލާންޓް ތަކުގެ ފެންއަރުވާ ބޭލުމަށެވެ. މިސަރަޙައްދުން ފީނަގާނީ ޖެޓީގެ ކޮންމެ ދިގު މީޓަރަކަށް ކޮންމެ 24 ގަޑިއިރަކަށް -/7 ރުފިޔާގެ މަގުންނެވެ.

2- ރަށުފެރީ ކުރާ އުޅަނދަށް ކަނޑައެޅޭ ސަރަޙައްދު :

           ބަނދަރުގެ ދެކުނު ކޮޅު މި ސަރަހައްދަކީ ރަށުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ދިނުމަށް އޮންނައުޅަނދަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދެކެވެ. މިސަރަޙައްދުގައި ފެރީއަށްދަތިވާ ގޮތަށް އެއްވެސް އުޅަނދެއް އަޅާފައިބޭއްވުމަކީ މަނާކަމެކެވެ. މިސަރައްހައްދު ފެރީ ފައްތިޔާއަށް ކަނޑައެޅިފައިވަނީ މަހަކަށް -/150 ރުފިޔާއެވެ.

3- ޖެޓީ ބޯޑުން ފެށިގެން އުތުރު ހުރަސް ތޮށިގަނޑު ކަނާހަމައަށް އޮތްސަރަހައްދު :

           މި ސަރަޙައްދު ކަނޑައެޅިފައިވަނީ، ރަށުގެ ރައްޔިތުންގެ އުޅަނދުފަހަރާއި، ރައްޔިތުން ގެންގުޅޭ އެހެނިހެން އުޅަދުތަކަށް ފައްތިޔާ ދޫކުރުމަށެވެ. މިސަރަޙާއްދުގެފައްތިޔާ ދޫކުރެވޭ ކޮންމެ އުޅަނދަކުން މަހަކު -/100 ރުފިޔާގެ ފީއެއް ދައްކަން ވާނެއެވެ.

            ރަށުން ބޭރު އުޅަނދުފަހަރުގެ ތެރެއިން ދޫކުރާ ކޮންމެ ފައްތިޔަލަކުން މަހަކު -/200 ރުފިޔާގެ ފީއެއް ދައްކަން ވާނެއެވެ.  

4- އުތުރު ބަނދަރުގެ ހުޅަނގުކޮޅު ސަރަޙައްދު :

            މިސަރަހައްދު ޚާއްޞަކުރެވިފައިވަނީ މަސްވެރިކަންކުރާ ކުދި ބޮއްކުރާތަކަށާއި، އެކިއެކިއަމިއްލަ ބޭނުމަށް ރަށުގެ ރައްޔިތުން ގެންގުޅޭ ކުދި ލޯންޗް ފަހަރުފަދަ އުޅަނދުތަކެވެ. މިސަރަޙައްދުން އެއްވެސް ފީއެއް ނުނަގާނެއެވެ

            މިހެންވެ މިކަން ޢާންމު ކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2019
ހޯދާ