މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުން ރުއްލަކުޑި ކެނޑުން

c

&

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

 

ނަމްބަރު: (IUL)325-MS/325/2019/22

އިޢުލާން

ރަށުގެ ވަލުން ލަކުޑިއާއި ،މުޑި ، ދަނޑިއާއި ރޯފަން ކެނޑުމާބެހޭ

           މިހާރަކަށް އައިސް ދަނޑުވެރިކަމާއި ، އެހެނިހެން ބޭނުންތަކުގައި ވަކި ހަމައެއްނެތި ވަލުން ލަކުޑީގެ ބާވަތްތަކާއި ، ދަނޑިއާއި މުޑީގެ އިތުރުން ރުއްރުކުން ރޯފަންކެނޑުން ޢާންމުވަމުންދާކަން ފާހަގަ ކުރެވެއެވެ. އަދިޚާއްޞަކޮށް ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ބިދޭސީން އެމީހުންގެ ދަނޑުތަކުގެ އެކި ބޭނުމަށް ވަކި ހަމައެއް ނެތި ދަނޑިއާއި މުޑި އަދި ރޯފަން ކަނޑާކަން ފާހަގަ ކުރަމެވެ. މިގޮތަށް މިކަން ތަކުރާރުވަމުން ދާނަމަ ވަލުގެ ދިރުމަށް ހީނުކުރެވޭފަދަ ގެއްލުމެއް މުސްތަޤުބަލްގައި ވެދާނެކަމަށް ބެލެވެއެވެ. މިހެންވެ ، ވަލުން ، ރޯގަހާއި ، ފަން އަދި ރުއް ލަކުޑި ކެނޑުމުގެ ޚާއްޞަ އުޞޫލެއް ކައުންސިލުން ވަނީ ފާސްކޮށް ފައެވެ.

          ވީމާ ، މިއަދުން ފެށިގެން މިއުޞޫލަށް ޢަމަލު ކުރުމަށް އަންގަމެވެ. ރަށުގެ ވަލުން ލަކުޑިއާއި މުޑި ، އަދި ދަނޑިއާއި ރޯފަން ކެނޑުމުގެ އުޞޫލް ތިރީގައި މިވަނީއެވެ.

      1 – ގެދޮރުވަޑާމާއި ، އޮޑިދޯނިފަހަރަށް ބޭނުންކުރާ ލަކުޑިއާއި ، ކަނދުކަނޑަންވާނީ އެލަކުޑިއެއް ކަނޑަން ބޭނުންވާ ސަބަބު ބަޔާންކޮށް ކައުންސިލަށް ލިޔެ ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި ، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ދަނޑުބިމުގައި ހުންނަ މިފަދަ ލަކުޑިއަކީވެސް ކައުންސިލުންގެ ހުއްދަ ހޯދައިގެން މެނުވީ ކެނޑޭނެ އެއްޗެއްސަށް  ނުވާތީ ، މިފަދަ ތަކެތިވެސް ކަނޑަށް ވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

      2 – 1 ވަނަ ނަމްބަރުގައި ބަޔާންކުރެވިފައިވާ ލަކުޑިއަކީ ، އުނި ، މިދިލި ، ދިއްގާ ، ކާނި ، ހިރުނދު ، ފުނަ ، ކުރެދި ، ދުނބުރި ، ކިނބި ، މަރު ، ނިކަމޫ ، ކަނޑޫ ، ރަނޑޫ ، މަދޮށި ، މޫނިމާ ، ކުއްޅަވަށް، ރުއް ، ކަނދު ، ފަދަ ، ބާވަތް ތަކެވެ.

      3 -  ދަނޑުވެރިކަމަށާއި ޢާންމު ބޭނުންތަކަށް ބޭނުންވާ މުޑި ދަނޑި ފަދަ ތަކެތި ކަނޑަންވާނީ އެތަކެތި ކެނޑުމުގެ ކުރިން ކައުންސިލްގެ ހުއްދަހޯދައިގެންނެވެ. ނަމަވެސް ކުދިކުދި ބޭނުންތަކަށް ކަނޑަންޖެހޭ ވަކިވަކި ދަނޑި ( ފަންތޯޅުވަން ، ގަސްގަހުން ތަކެތި ބިނުމަށް،ދާނިދަނޑިއަށް ކަނޑާ ދަނޑި ފަދަ ތަކެތި ) މީގެތެރެއިން އިސްތިސްނާ ވާނެއެވެ.

      4 – ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތަށް ރޯފަން ކެނޑުމަކީ މަނާކަމެކެވެ.

      5 – މިއުޞޫލާ ޚިލާފަށް ޢަމަލުކުރާފަރާތްތަކާމެދު " އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         22 ސެޕްޓެމްބަރ 2019

 

މުޙަންމަދު ޢާމިރު               

ކައުންސިލްގެ ރައީސް             

 

22 ސެޕްޓެންބަރު 2019
ހޯދާ