ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް، ދިރިއުޅުން ނޫން ބޭނުންތަކަށް ބޭނުންކުރުމާ ގުޅޭ:

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގެ 26،27،29 ވަނަ މާއްދާގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ދިރިއުޅުން ނޫން ބޭނުމެއް ކުރަންޖެހެނީ މި ކައުންސިލުގެ ހުއްދަލިބިގެންނެވެ. އަދި ހަމައެހެންމެ އިމާރާތް ކުރުމުގެ ޤާނޫނުގެ 17،18 ވަނަ މާއްދާގައި ވާގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ކުރާނަމަ އެކަމަށް އެދި ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް ދިރިއުޅުމަށް  ދޫކޮށްފައިވާ ގޯތިތަކުގައި މިކައުންސިލުން ހުއްދަ ހޯދުމެއް ނެތި އެކިއެކި ބާވަތުގެ މަސައްކަތްތައް ކުރަމުން ދާކަން ވަނީ ފާހަގަ ކުރެވިފައިއެވެ.

ވީމާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ޢިމާރާތްކުރުމުގެ ޤާނޫނާއި، އިދާރީ ދައިރާތައް ލާމަރުކަޒީ ކުރުމުގެ ޤާނޫނު އަދި މި ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދާއި އެއްގޮތަށް ނަގަންޖެހޭ ހުއްދަތަށް ނެގުމަށްފަހު ނޫނީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި ޢިމާރާތް ނުކުރުމަށާއި، އަދި އެގޯތިތަށް އެހެނިހެން ބޭނުންތަކަށް ބޭނުން ނުކުރުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 ސެޕްޓެންބަރު 2019
ހޯދާ