މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހައުސިންގ ޔުނިޓާއިބެހޭ

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހައުސިންގ ޔުނިޓާއިބެހޭ

           ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބޯހިޔާވަހި ކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން މާލެއަތޮޅުގައި އެޅުމަށް ރާވާފައިވާ 1000 ހައުސިންގ ޔުނިޓްގެ ތެރެއިން ކ. ހިންމަފުއްޓަށް ލިބޭ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއި ގުޅޭގޮތުން ދަންނަވަމެވެ.

           އަތޮޅުތަކުގައި ދިރިއުޅޭ މީހުން ގެދޮރުވެރި ކުރުވުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށްވާތީ، މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގައި މިހާރު ދޫކޮށް، ޢިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ ޢިމާރާތް ކޮށްދިނުމާއި އަދި އަލަށް ކަނޑައަޅާ ބިންތަކުގައި ރޯހައުސް ނުވަތަ ފްލެޓް ޢިމާރާތް ކުރުން ވެސް ހިމެނެއެވެ. މިމަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް، އަދި ބަދިގެ ހިމެނޭ ތަޅުމުގެ ބޮޑުމިނުގެ ގޮތުގައި 900 އަކަފޫޓު، ގޯތީގެ ބޮޑުމިނުގެ ގޮތުގައި ގާތްގަނޑަކަށް 1400 އަކަފޫޓު ހަމަވާގޮތށެވެ. މިމަޝްރޫޢުގައި ތަފާތު ޑިޒައިން ލޭއައުޓްތައް ގެންގުޅެވެއެވެ.

           މިހެން ކަމާއެކު ޢިމާރާތް ނުކުރެވިހުރި ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް އެދޭ ރައްޔިތުންނާއި ރަށުގައި ޢިމާރާތްކުރާ ރޯހައުސް ނުވަތަ ފްލެޓަށް އެދޭ ރައްޔިތުންގެ މަޢުލޫމާތު ބޭނުންވާތީ، މިއިދާރާއިން ދޫކުރާ " ހައުސިންގ ޔުނިޓަށް އެދޭ ރައްޔިތުންގެ މަޢުލޫމާތު ފޯމް " ފުރުއްވާ 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2019
ހޯދާ