ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރަރީ މެނޭޖްމަންޓް ވޯކްޝޮޕް

                                         މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްރީންދެވޭ ދާއިރާ:

ލައިބްރަރީ މެނޭޖްމަންޓް

ތަން:

އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް، ޤައުމީ ކުތުބުޚާނާ

މުއްދަތު:

29 އަދި 30 ސެޕްޓެމްބަރ 2019

ޖާގަ:

20

މި މަސައްކަތު ބައްދަލުވުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 26 ގެ 14:00 ގެ ކުރިން އެބޭފުޅެއްގެ ވަނަވަރު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.

 

                                                20 މުޙައްރަމް 1441

19 ސެޕްޓެންބަރު 2019
ހޯދާ