ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:

 

ނަންބަރ:FNK-I/IUL/2019/200

އިޢުލާން

 

 އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:

 

މި ކުންފުނީގެ ބްރާންޗުތަކުގައި ބޭނުން ކުރަމުން ގެންދާ އަލިފާން ނިވިތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރ: FNK-I/IUL/2019/167 އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.  

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.  މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.  

          19 މުޙައްރަމް 1441

          18  ސެޕްޓެމްބަރ  2019  

                          

 

19 ސެޕްޓެންބަރު 2019
ހޯދާ